Ads by Stelco

ޚަބަރު

ހަންޏާމީދޫ ސްކޫލުގެ އައު އިމާރާތާއި މަލްޓި-ޕަރޕަސް ހޯލު ބިނާކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ހަންޏާމީދޫ ސްކޫލުގެ އައު އިމާރާތާއި މަލްޓި-ޕަރޕަސް ހޯލު ބިނާކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

އެއްބަސްވުމުގައި ސޮއިކުރުން/ފޮޓޯ: އެމްޓީސީސީ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

07 އޮކްޓޯބަރު 2025، 02:52

07 އޮކްޓޯބަރު 2025، 02:52

އދ. ހަންޏާމީދޫ ސްކޫލުގެ އައު އިމާރާތާއި މަލްޓި-ޕަރޕަސް ހޯލު ބިނާކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އދ. ހަންޏާމީދޫއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓަޔަރޑް) އަޙުމަދު ސަޢުދީއެވެ. އަދި ތަޢުލީމީ ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ވުޒާރާގެ ވަޒީރު ޑރ. އިސްމާއީލް ޝަފީޢު އެވެ. މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި، މަހިބަދޫ ދާއިރާގެ މަޖިލިސް މެންބަރާއި، ހަންޏާމީދޫ ކައުންސިލްގެ ރައީސް އަދި މެންބަރުންގެ އިތުރުން، ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

އެމްޓީސީސީން ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން 9،500 އަކަފޫޓުގެ ސަރަޙައްދެއްގައި 3 ފަންގިފިލާގެ ސްކޫލު އިމާރާތެއް ބިނާ ކުރެވިގެންދާނެ ކަމަށެވެ. މި މަޝްރޫޢަކީ، 22.63 މިލިއަން ރުފިޔާއަށް 540 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ  ހަވާލުކުރެވިފައިވާ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު، ހަންޏާމީދޫ ސްކޫލުގެ ދަރިވަރުންނަށް އައު ސްކޫލު އިމާރާތެއް ލިބިގެންދާނެއެވެ. މިއީ ރަށުގައި ތިބެގެން ތަޢުލީމީ ފުރުޞަތުތައް ހޯދޭނެ އިތުރު މަގެއް ފަހިވެގެންދާ ކަމެއްކަން ފާހަގަކޮށްލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން