Ads by Stelco

ޚަބަރު

ރަޝިޔާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 2 ލައްކަ ފަހަނައަޅައިފި

ރަޝިޔާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 2 ލައްކަ ފަހަނައަޅައިފި

ރާއްޖޭގެ ގޮނޑުދޮށުގައި ފަތުރުވެރިން ރިލެކްސް ކުރަނީ !

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

07 އޮކްޓޯބަރު 2025، 11:40

07 އޮކްޓޯބަރު 2025، 11:40

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުމެއް ލިބިއްޖެއެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއަހަރު ރަޝިޔާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 2 ލައްކައަށްވުރެ އިތުރުވެފައެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިމަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ރަޝިޔާއިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 203،737 ފަތުރުވެރިންނެވެ. މިއީ ރާއްޖެއަށް އަންނަ މުޅި ފަތުރުވެރިންގެ 12.2 އިންސައްތައެވެ. މި އަދަދާއެކު ރަޝިޔާ ވަނީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ފޮނުވާ ޤައުމުތަކުގެ ތެރެއިން 2 ވަނައަށް އަރާފައެވެ.

ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމަކީ ޗައިނާއެވެ. ޗައިނާއިން މިހާތަނަށް 274،698 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. ރަޝިޔާގެ ފަހަތުން އިނގިރޭސިވިލާތް، ޖަރުމަނުވިލާތް އަދި އިޓަލީވިލާތް ހިމެނެއެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1.6 މިލިއަން ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 10 އިންސައްތައިގެ ކުރިއެރުމެކެވެ. މިހާރު ރާއްޖެއަށް އެވްރެޖްކޮށް ދުވާލަކު 6500 އެއްހާ ފަތުރުވެރިން ޒިޔާރަތްކުރަމުންދެއެވެ.

ސަރުކާރުން މިއަހަރު އަމާޒުހިފާފައިވަނީ 2.2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށެވެ. މި އަމާޒަށް ވާސިލުވުމަށް އަދި ބޭނުންވަނީ 600،000 އެއްހާ ފަތުރުވެރިންނެވެ. ފަތުރުވެރިކަމުގެ ދާއިރާއަށް މިހާރު ލިބެމުންދާ ކުރިއެރުމަށް ބަލާއިރު، މި އަމާޒަށް ވާސިލުވުމަކީ ދާދި ގާތްކަމެއް ކަމަށް ފެނެއެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން