Ads by Stelco

ޚަބަރު

އެމްޑީޕީ މުޒާހަރާގައި ހާޓް އެޓޭކް ޖެހުނު މީހާގެ ޙާލު މިހާރު ރަނގަޅު: އައިޖީއެމްއެޗް

އެމްޑީޕީ މުޒާހަރާގައި ހާޓް އެޓޭކް ޖެހުނު މީހާގެ ޙާލު މިހާރު ރަނގަޅު: އައިޖީއެމްއެޗް

އައިޖީއެމްއެޗް/ފޮޓޯ: އެޓޯލް ޓައިިމްސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

05 އޮކްޓޯބަރު 2025، 02:07

05 އޮކްޓޯބަރު 2025، 02:07

އެމްޑީޕީ މުޒާހަރާގައި ހާޓް އެޓޭކް ޖެހުނު މީހާގެ ޙާލު މިހާރު ރަނގަޅުކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް،  އައިޖީއެމްއެޗް އިން ވިދާޅުވެއްޖެއެވެ.

އައިޖީއެމްއެޗުން ނެރުނު އިޢުލާނެއްގައި ވިދާޅުވީ، މިމަހުގެ 3 ވަނަ ދުވަހު މާލޭގައި ބޭއްވި އެއްވުމުގެ ބައިވެރިއަކު މޭގަ ރިއްސައި، އެކިއުޓް މަޔޯކަރޑަލް އިންފެކްޝަން (އެމް.އައި. ނުވަތަ ހާޓް އެޓޭކް) އެއް ޖެހުނު ޙާދިސާއާ ގުޅޭގޮތުން ޢާންމުންގެ ހުރި ކަންބޮޑުވުންތައް އެ ހޮސްޕިޓަލުގެ ސަމާލުކަމަށް ގެނެވިފައިވާ ކަމަށެވެ.

އެގޮތުން، މަޔޯކަރޑަލް އިންފެކްޝަން (އެމް.އައި. ނުވަތަ ހާޓް އެޓޭކް) އެއް ޢާންމުގޮތެއްގައި ޖެހެނީ ޞިއްޙީ ކޮންމެވެސް ސަބަބަކާ ހެދި ހިތުގެ ލޭހޮޅިތައް ނުވަތަ ލޭހޮޅިއެއް ބެދި، ހިތުން ބަޔަކަށް ލޭ ފޮނުވުމަށް އަންނަ ހުއްޓުމުކާ ގުޅިގެންކަމަށް އެ ހޮސްޕިޓަލުން ވިދާޅުވިއެވެ. ހަމަ އެހެންމެ، މިކަން ޢާންމުކޮށް ދިމާވަނީ ބަލިމީހާގެ ހުންނަ ޞިއްޙީ އެހެން މައްސަލައެއް ނުވަތަ މައްސަލަތަކެއްގެ ސަބަބުންކަމަށް އެ ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.

މީގެ އިތުރުން އެ ހޮސްޕިޓަލުން ވިދާޅުވީ، ޕެޕަރ ސްޕްރޭ ޖެހުމުން ވަޤުތީގޮތުން ނޭވާއަށް އުނދަގޫކޮށް، ކެއްސައި އަދި މިފަދަ "ސްޓްރެސް ރެސްޕޮންސް" ތަކެއް އައި ނަމަވެސް ޕެޕަރ ސްޕްރޭ އަކީ ސީދާ އޭގެ ޒާތުން ހާޓް އެޓޭކެއް ޖެހޭފަދަ އެއްޗެއް ނޫންކަމަށެވެ. ނަމަވެސް، ތަފާތު ގޮތްގޮތުން އުފުލާ ބުރައިގެ ސަބަބުން ޞިއްޙީ މައްސަލަތަކެއް ހުންނަ މީހަކަށް ހާޓް އެޓޭކެއް ޖެހުން ފަދަ ކަމެއް ދިމާވެދާނެކަމަށް ހޮސްޕިޓަލުން ވިދާޅުވިއެވެ.

ހޮސްޕިޓަލުން އިތުރަށް ވިދާޅުވީ، މި ޙާދިސާއަށް ފަހު ބަލިމީހާއަށް ފަރުވާދީ ހާޅު ރަނގަޅުވެ ބަލިމީހާ ސީ.ސީ.ޔޫ ގައި މިހާރު އެޑްމިޓުކޮށްފައިވާ ކަމަށެވެ. ހަމަ އެހެންމެ، ބަލިމީހުންގެ ޙާލަތަށް ބެލުމަށްފަހު އެވަގުތު ދޭންޖެހޭ އެންމެ ފުރިހަމަ ފަރުވާ އަބަދުވެސް ދޭނެކަމުގެ ޔަޤީންކަން ހޮސްޕިޓަލުން ވަނީ ދެއްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން