ކުޅިވަރު

ހުއްޓުމެއް ނެތި ގޯލު ޖަހަމުން އަންނަ ކޭން އާއި ދިއާޒް ބެޔާން މޮޅުކޮށްދީފި

ހުއްޓުމެއް ނެތި ގޯލު ޖަހަމުން އަންނަ ކޭން އާއި ދިއާޒް ބެޔާން މޮޅުކޮށްދީފި

ހެރީ ކޭން ވަނީ ލީގުގައި މި ސީޒަންގައި ކުޅުނު 6 މެޗުން 11 ގޯލު ޖަހާފައި---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

05 އޮކްޓޯބަރު 2025، 08:21

05 އޮކްޓޯބަރު 2025، 08:21

ހުއްޓުމެއް ނެތި ގޯލު ޖަހަމުން އަންނަ އިނގިރޭސި ކެޕްޓަން ހެރީ ކޭން އާއި ލުއިޒް ދިއާޒް ކާމިޔާބުކުރި ގޯލުތަކާއެކު، ބެޔާން މިއުނިކުން 3-0އިން އެންޓްރެޗް ބަލިކޮށްފިއެވެ. މި ނަތީޖާއާއެކު އެ ޓީމުން މިވަނީ ތާވަލުގައި އެއް ވަނައިގައި އޮތް ލީޑު 4 ޕޮއިންޓަށް އިތުރުކޮށްފައެވެ.

އަދި މި މެޗުގައި ކާމިޔާބުކުރި ގޯލާއެކު ކޭން ވަނީ މި ސީޒަންގައި މިހާތަނަށް ކުޅުނު 10 މެޗުން 18 ގޯލު ހަމަކޮށްފައެވެ. މީގެ އިތުރުން، މިދިޔަ ހަފްތާގައި ކާމިޔާބުކުރި ގޯލުތަކާއެކު އޭނާ ވަނީ ޔޫރަޕްގެ އެންމެ ވާދަވެރި 5 ލީގުގައި އެންމެ އަވަހަށް އެއް ކްލަބަކަށް 100 ގޯލު ހަމަކޮށްދިން ކުޅުންތެރިޔާގެ ޝަރަފު ވެސް ހޯދާފައެވެ. 

އަދި އެއިންޓްރެޗް ކޮޅަށް ކާމިޔާބުކުރި ގޯލާއެކު ކޭން އަކީ ބުންޑަސް ލީގާގެ ފުރަތަމަ 6 މެޗުގައި 11 ގޯލު ކާމިޔާބުކޮށްފައިވާ ހަމައެކަނި ކުޅުންތެރިޔާ ވެސް މެއެވެ. 

ރޭގެ މެޗުގައި ބެޔާންއިން ވަނީ ލުއިޒް ޑިއާޒްގެ ގޯލަކުން ފުރަތަމަ މިނެޓުގައި ލީޑު ނަގާފައެވެ. އެއަށްފަހު މެޗުގެ 27ވަނަ މިނެޓުގައި ކޭން އެ ޓީމުގެ ލީޑު ފުޅާކޮށްދީފައި ވަނިކޮށް، ދިއާޒް އެ ޓީމުގެ ތިން ވަނަ ގޯލު ކާމިޔާބުކުރީ މެޗު ނިމެން 6 މިނެޓަށްވެފައި ވަނިކޮށެވެ. 

މި ނަތީޖާއާއެކު ބެޔާންއަށް ލީޑު ފުޅާކުރެވުނީ، ރޭ އިރާކޮޅު ލެޕްޒިގް އާއި ބްރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވުމުންނެވެ.

އަދި އިންޓަނޭޝަނަލް ބްރޭކަށްފަހު ލީގުގައި ދެން ކުޅޭ މެޗުގައި އޮންނާނީ އެއްވަނައިގައި އޮތް ބެޔާން އާއި ދެވަނައިގައި އޮތް ޑޯޓްމަންޑުގެ ކުރިމަތިލުމެކެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން