ޚަބަރު
ވަޒީރު ސަޢީދު އިބޫއަށް: އިސްލާހަށް، އެއިރު އެ ވިދާޅުވި ގޮތަށް 5 އަހަރު މަދުވީތޯ؟

ރޭގަ އެމްޑީޕީން ބޭއްވި މުޒާހަރާގެ ތެރެއިން: ފޮޓޯ- އެކްސް

ފަރުދުން
04 އޮކްޓޯބަރު 2025، 05:42
04 އޮކްޓޯބަރު 2025، 05:42
އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު، ކުރީީގެ ރައީސް އިިބްރާޙިމް މުޙައްމަދު ޞާލިޙަށް ސުވާލެއް ކުރިމަތި ކުރައްވައިފިއެވެ. ރޭ އިދިކޮޅު އެމްޑީޕީން މާލޭގައި ޞުލްޙަވެރި އެއްވުމުގެ ނަމުގައި ބޭއްވި މުޒާހަރާ އެއްބަސްވެފައިވާގޮތާ ޚިލާފަށް މަގުމަތީގެ އަމާންކަން ނަގައިލަން މަސައްކަތްކޮށް، ދައްކަމުންދާ ދެކޮޅު ނުޖެހޭ ވާހަކައަށް ރައްދުދެއްވަމުން ވަޒީރު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިސްލާހަށް، އެއިރު އެ ވިދާޅުވި ގޮތަށް 5އަހަރު މަދުވީތޯއެވެ؟
ވަޒީރު ސަޢީދު ވިދާޅުވީ ވެރިކަމެއް ކުރަން 5 އަހަރު ދިގުކަމަށާއި، 2018-2023ގައި ޕީއެންސީގޭ ޕާޓީ އޮފީސް ތަޅުއަޅުވައި، އިދިކޮޅު ލީޑަރު 5އަހަރު ޖަލުގައި ބޭންދީވެސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި ކަމަށެވެ. ނަމަވެސް މިހާރު މިއިންނެވީ އިސްލާހަށް ނިކުމެ ވަޑައިގެން ޕޮލިސް ބެރިކޭޑު ކުރިމަތީ، 2028ގެ ކެންޑިޑަސީގެ ބޭނުމުގައި ކަމަށެވެ. މިކަމާ ވިދިގެން، އެ ވިދާޅުވި ގޮތަށް 5އަހަރު މަދުވީތޯ؟ ނޫނީ، ވެރިކަމަށް ކުރިމަތިލާން ކުފޫ ހަމަވާ އެހެން މީހަކު އެމްޑީޕީގައި ހަމަ ނެތީތޯ ވަޒީރު ސުވާލު އުފެއްދެވިއެެވެ.
އެއިރު މަނިކުފާނާ ބައްދަލުވަނީ މަދު ފަހަރަކު، ވިދާޅުވަނީ، މުޒާހަރާއަށް ނުކުންނާތީ ނޫންހޭ، ހުއްޓުވަނީ. ގޭގައި ތިބޭ ނަމަ ފުލުހުންނެއްވެސް އެކަންކުރާކަށް ނޫޅޭނެ ނޫންހޭ! ޕޮލިސް ބެރިކޭޑު ކުރިމަތީ، މިއަދު މަނިކުފާނު ތިއިންނެވީ،2028ގެ ކެންޑިޑަސީ އަށްޓަކައި، ސުވާލަކީ އިސްލާހަށް، އެއިރު އެ ވިދާޅުވި ގޮތަށް 5އަހަރު މަދުވީތޯއޭ؟ ނޫނީ، ވެރިކަމަށް ކުރިމަތިލާން ކުފޫ ހަމަވާ އެހެން މީހަކު ތިޔަ ޕާޓީގައި ހަމަ ނެތީތޯއޭ؟
ވަޒީރު ވިދާޅުވެފައި ވެއެވެ.
މީދެންހާދަހާ އެހެންކަހަލަ ކަމެކޭ!
— Mohamed Saeed (@em_saeed) October 4, 2025
މިހާރު މިއިންނެވީ އިސްލާހަށް ނިކުމެ ވަޑައިގެން! ކުރީން ވިދާޅުވީ، ވެރިކަމެއް ކުރަން 5 އަހަރުވެސް މާދިގޭ!
2018-2023ގައި އަޅުގަނޑުމެން ޕާޓީ އޮފީސް ތަޅުއަޅުވައި، އިދިކޮޅު ލީޑަރު 5އަހަރު ޖަލުގައި ބޭންދީވެސް މަނިކުފާނުގެ މޭސްތެރި ކަމުގައި!
އެއިރު… pic.twitter.com/MQQcoujO0E
ވަޒީރު ސަޢީދު ވިދާޅުވީ ދޮގުތައް ތަކުރާރު ކުރައްވާ، ރާއްޖޭގެ ހަމަޖެހުން ނަގާލަން ހިތްވަރުދެއްވާ ކުރީގެރައީސުންގެ މުސާރަ އާއި، އޮފީސްހިންގުމާއި ހަށިފާރައިގެ އިނާޔަތްކަނޑާލަންޖެހޭ ކަމުގައެވެ. ރޭ އެމްޑީޕީން ހިންގި ހަމަނުޖެހުމުގައި ފުލުހުން އެޅި ފިޔަވަޅުތަކަކީ ހަރުކަށި އަނިޔާވެރި ފިޔަވަޅުތަކެއްގެ ގޮތުގައި ސިފަކުރައްވައި ކުރީގެ ރައީސް ދައްކަވާފައިވާ ވާހަކައަށް ރައްދު ދެއްވަމުން ވަޒީރު ވިދާޅުވީ އެއީ ސީދާ ބޮޑެތި އިތުރުފުޅު ކަމުގައެވެ. އެގޮތުން ޕޮލިހުންގެ އަގުވެއްޓޭގޮތަށް ކުރީގެ ރަޢީސުންމިގޮތަށް ވާހަކަފުޅު ނުދެއްކެވުން މުޙިއްމުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިހާރުވެސް، (ވެރިކަން ކޮއްލިކަމަށްޓަކައި) މަހު މުސާރަ ލައްކައިން ނަންގަވަމުން، ހަށި ފާރައަށްވެސް، ރައްޔިތުންގެ ޓެކްސް ފައިސާ ޚަރަދު ކުރަމުން، އިސްލާހަށް ތިނިކުމެވަޑައިގަތީ، ލިބުނު 5އަހަރުގައި މާމޮޅު އިސްލާހެއް ގެނެވުނީމަތޯ؟ ގެނެސް ދެއްވިހާ އެއްޗަކީވެސް ދަރަނީގެ ރަން ޒަމާނަކާއި، ކުންފުނިތައް ދަރުވާލުމުގެ ހިކުމަތްތެރިކަމާއި، ސުމާރެއް ނުބަލައި ޗާޕުކޮށް ދިވެހިރުފިޔާގެ އަގު ތާއަބަދަށް ވައްޓާލުން! ދައުލަތާއި ރައްޔިތުން މިއުޅެނީ އެކަންކަމުން އަރައިނުގަނެގެން
ވަޒީރު ވިދާޅުވިއެވެ.
So, now Mr. Solih suddenly believes he’s a fresh graduate of Democracy, as if he’s just discovered the concept for the first time!
— Mohamed Saeed (@em_saeed) October 4, 2025
Let’s get real: Malé is a 2x2 km island, with traffic, congestion, and very limited public space. That’s why previous governments, including MDP… pic.twitter.com/mcJ5MjzafZ
އެމްޑީޕީން ޞުލްޙަވެރި އެއްވުމެއް ކަމަށްބުނެ މާލޭގައި ހިންގި ހަމަނުޖެހުމާއި ގުޅިގެން ގިނަބަޔަކު ދަނީ އެޕާޓީއަށް ފާޑު ކިޔަމުންނެވެ. އެގޮތުން އެއްވެ އުޅުމުގެ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތީން މި ހަރަކާތް ކުރިޔަށް ގެންދިއުމަށް ފުލުހުންނާއި އެމްޑީޕީއިން މަޝްވަރާކުރި ނަމަވެސް، އެ ޕާޓީއިން ވަނީ އެއްބަސްވި ގޮތާ ޚިލާފުވެ މަގުތަކަށް ވަންނަން ފަށާފައެވެ. އެގޮތުން އެ ބައްދަލުވުމުގައި ފުލުހުން އެންގީ ބޮޑުތަކުރުފާނު މަގުގައި ހިނގާލުން ކުރިޔަށް ގެންދިއުމަށްކަމަށްވިޔަސް، އެ ޕާޓީގެ ލީޑާރޝިޕުގެ އިރުޝާދާއެކު މުޒާހަރާގެ ބައިވެރިން މަޖީދީ މަގުގައި ހުރި ބެރިކޭޑުތައް ފަޅާލުމަށްފަހު ގަދަބާރުން އެ މަގުގައި ހިނގާލުން ކުރިޔަށް ގެންދިއުމަށް މަސައްކަތް ކޮށްފައިވެއެވެ. އަދި މި މަސައްކަތުގެ ތެރޭގައި ފުލުހުންގެ ޝީލްޑް އަތުލާ، ބެރިކޭޑުތަށް ވެލިގޯޯނޏެއްހެން ކޮނޑަށްލައިގެން ދިޔަ މަންޒަރު ސޯޝަލްމީޑިއާގައި އާންމު ވެފައިވާ ވީޑިއޯތަކުން ފެނެއެވެ.
މިކަންކަމާ ގުޅިގެން ފުލުހުން ލޯންގް ރޭންޖް އެކޫސްޓިކް ޑިވައިސް (އެލްއާރުއޭޑީ) ބޭނުންކުރީ ނަސޭހަތްތެރިވުމަށްފަހު އެއްބާރުލުންނުދީ، ފުލުހުންގެ ޤާނޫނީ ވާޖިބަށް ހުރަސްއެޅުމުންކަމަށް، ސަރުކާރުގެ ފަރާތުން ޚާރިޖީ ވަޒީރު ވިދާޅުވެފައި ވެއެވެ.