ޚަބަރު
މުޅިން އަލަށް ބާއްވާ އަންހެން ފުލުހުންގެ ޚިދުމަތާއި ކުރިއެރުމާއި ގުޅޭ ސަމިޓު ފަށައިފި

ް،" މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ސަމިޓް 2025" ފެށުމަށް ބޭއްވި ރަސްމިއްޔާތު، ފޮޓޯ: ރައީސް އޮފީސް

ފަރުދުން
04 އޮކްޓޯބަރު 2025، 03:02
04 އޮކްޓޯބަރު 2025، 03:02
ދިވެހިރާއްޖޭގައި މުޅިން އަލަށް ބާއްވާ އަންހެން ފުލުހުންގެ ޚިދުމަތާއި ކުރިއެރުމާއި ގުޅޭ ސަމިޓެއް ފަށައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތް ހާމަކޮށްފައިވާ ގޮތުގައި މިއީ ފުލުހުންގެ ޚިދުމަތުގައި އަންހެން ފުލުހުންގެ ދައުރު ފާހަގަކޮށް، އަންހެން ފުލުހުންގެ ލީޑަޝިޕް އިތުރުރުކުމަށް،" މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ސަމިޓް 2025"ގެ ނަމުގައި 3 ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ސިމިޓެކެވެ.
ކްރޮސް ރޯޑްސްގައި ކުރިޔަށްގެންދާ މި ސަމިޓު ފައްޓަވާދެއްވީ ރައީސުލްޖުމްހުރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދެވެ. އަދި މި ރަސްމިއްޔާތުގައި ދާޚިލި ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު، ޢަލީ އިޙުސާނާއި، ކޮމިޝަނަރ އޮފް ޕޮލިސް، އިސްމާޢީލް ނަވީން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ދިވެހިރާއްޖޭގެ ތަންފީޒީ މުޢައްސަސާތަކުގެ އިސްވެރިންގެ އިތުރުން، މި ދާއިރާގައި މަސައްކަތްކުރާ ބައިނަލްއަޤްވާމީ ޖަމިއްޔާތަކާއި ފަސް ޤައުމަކުން ވެސް ބައިވެރިވިއެވެ.
މި ރަސްމިއްޔާތުގައި، ރާއްޖޭގައި ތަންފީޒީ މަސައްކަތްކުރާ މައިގަނޑު ފަސް އިދާރާގެ މެދުގައި ލީޑަރޝިޕް ވަރުގަދަކުރުމާގުޅޭ ޑިކްލަރޭޝަންއެއްގައި ސޮއިކޮށްފައި ވެއެވެ.
މީގެއިތުރުން، އަންހެން ފުލުހުންގެ ޚިދުމަތުގެ ތާރީޚުގެ މައްޗަށް ބިނާކޮށް ލިޔެފަވާ، "މޯލްޑިވްސް ވިމަން އިން ޕޮލިސިން" ފޮތް ވެސް ނެރެފައިވެއެވެ. މި ފޮތް ނެރެދެއްވީ ދާޚިލީ ސަލާމަތާ ބެހޭ ވަޒީރެވެ.
އަދި އަންހެން ފުލުހުންގެ އަގުހުރި ޚިދުމަތް ރަމްޒުކޮށްދޭ "ޗެލަންޖް ކޮއިން" ވެސް މި ރަސްމިއްޔާތުގައި އިފްތިތާޙުކޮށްފައި ވެއެވެ. ޗެލެންޖް ކޮއިން އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހުރިއްޔާ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދެވެ.
First Lady @sajidhaamohamed attends the Maldives Women in Policing Summit 2025 as Chief Guest. As part of the proceedings, she officially unveiled the Maldives Women in Police Challenge Coin. pic.twitter.com/kAlChg8C5w
— The President's Office (@presidencymv) October 4, 2025
މި ސަމިޓުގައި ތަންފީޒީ ދާއިރާއިން 50އަށްވުރެ ގިނަ އޮފިސަރުން ބައިވެރިވެއެވެ. އޭގެތެރޭގައި ސެކިއުރީ އެންޑް ލޯ އެންފޯސްމަންޓްގައި ރާއްޖޭގައި މަސައްކަތްކުރާ 7 އިދާރާއަކާއި ބައިނަލްއަޤްވާމީ އެކި އިދާރާތަކާ ޤައުމުތައް ހިމެނޭހެން 10 ޕާޓްނަރުން ވެސް ހިމެނެއެވެ.
އަދި މި ސަމިޓްގައި މި ދާރާއިގައި ހަރަކަތްތެރިވާ އަންހެން ފުލުހުންނާއި ތަންފީޒީ އިދާރާތަކުގައި މަސައްކަތްކުރާ އަންހެނުންނާއި، އެހެނިހެން އިދާރާތަކުގައި މަސައްކަތްކުރާ އަންހެން ބޭފުޅުންގެ މަސައްކަތްތެރިކަމުގެ ހުނަރުތައް ތަރައްޤީކުރުމާއި އެމީހުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި އެކަންކަމަށް ޙައްލު ހޯދުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރާނެއެވެ. އަދި ތަޙުޤީގުކުރުމާއި ޓެކްނިކަލް ދާއިރާތަކާއި އިންޓެލިޖެންސްގެ ދާއިރާއިން ސެޝަންތައް ކުރިއަށްގެންދާނެއެވެ. އަދި ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކާއި އިދާރާތަކުގެ މަސައްކަތުގެ ތަޖުރިބާއާ ހުނަރުތައް ޙިއްސާކޮށް ތަރައްޤީކުރުމާ ގުޅޭގޮތުންވެސް ސެޝަންތައް ކުރިއަށްގެންދާނެއެވެ.
ރާއްޖޭގައި ފުލުހުންގެ ޚިދުމަތުގައި އަންހެން ފުލުހުންގެ ދަޢުރު ފުޅާކޮށް، އަންހެން ފުލުހުންނަށް ފަހިކޮށްދޭ ފުރުޞަތުތައްވެސް ވަނީ ވަރަށްބޮޑަށް އިތުރުކޮށްފައެވެ. އެގޮތުން މިދިޔަ އަހަރުގެ މަރޗް މަހު، ފުރަތަމަ ފަހަރަށް ވަނީ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ ރޭންކަން 3 އަންހެން ފުލުހަކު ޕްރޮމޯޓްކުރައްވާފައެވެ. އަދި ފުލުހުންގެ އެކި ބަހާތަކުގައި ތަފާތުކުރުމެއްނެތި އަންހެން ފުލުހުންނަށް ކުރިއަރާ ދިއުމުގެ ފުރުޞަތުތައް ދަނީ ފަހިކޮށްދެމުންނެވެ.
ފުލުހުންގެ ޚިދުމަތުގައި އަންހެނުންގެ ދައުރު ފުޅާކޮށް ކުރިއެރުވުމުގެ ގޮތުން 2021ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 17 ވަނަ ދުވަހު ވަނީ ވިމަން އިން ޕޮލިސިންގެ ނަމުގައި ކޮމިޓީއެއް ވެސް އުފައްދަވާފައެވެ.