Ads by Stelco

ޚަބަރު

ބްރޯޑްކާސްޓް ކުރުމުގައި ޤައުމުގެ މަސްލަޙަތާއި އިޖުތިމާޢީ އަދި ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަކީ އަޒުމަކަށް ހަދަންޖެހޭ

ބްރޯޑްކާސްޓް ކުރުމުގައި ޤައުމުގެ މަސްލަޙަތާއި އިޖުތިމާޢީ އަދި ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަކީ އަޒުމަކަށް ހަދަންޖެހޭ

ސިލްސިލާ ޕޮޑްކާސްޓް "ސްޕޮޓް އޮން"ގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވުން، ފޮޓޯ: ރައީސް އޮފީސް

farudhun logo

ފަރުދުން

04 އޮކްޓޯބަރު 2025، 10:43

04 އޮކްޓޯބަރު 2025، 10:43

ބްރޯޑްކާސްޓް ކުރުމުގައި ޤައުމުގެ މަސްލަޙަތާއި އިޖުތިމާޢީ އަދި ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަކީ އަޒުމަކަށް ހެދުން މުހިންމު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވީ، ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިން ދުވަހާ ގުޅިގެން "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ވިދާޅުވީ، ބްރޯޑްކާސްޓުކުރުމުގެ މަސައްކަތަކީ ވަރަށް ހީވާގިވެގެން ކުރެވޭ ޒިންމާދާރު މަސައްކަތެއް ކަމުގައެވެ. އެގޮތުން އެ މަސައްކަތުގައި، ޤައުމަށް ރީތި ނަން ހޯދައިދިނުމުގެ އިތުރުން، އިސްލާމީ އުސޫލުތަކާއި ހަމަތަކަށް ފެތޭ، ދިވެހިވަންތަ އަދި ފައިދާކުރާނެ މަޢުލޫމާތުތައް ހިމެނުމަށް އެ މަނިކުފާނު އެދިވަޑައިގެންނެވިއެވެ.

" ކޮންމެ ބްރޯޑްކާސްޓަރެއްގެވެސް ޢަޒުމަކަށް ވާން ވާނީ، އިސްލާމީ އޮނިގަނޑަށް ފެތޭ، ދިވެހިވަންތަ، މަންފާހުރި މަޢުލޫމާތާއި ޕްރޮގްރާމްތައް އުފައްދައި ގެނެސްދިނުން. ޤައުމަށް ރީތި ނަން ހޯދައިދިނުމުގެ މުހިއްމު ބައިވެރިޔަކަށްވުން." ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވެއެވެ.

ރާއްޖޭގައި ބްރޮޑްކާސްޓީންގެ ޚިދުމަތް އެންމެ ފުރަތަމަ ފެށުނީ ރޭޑިއޯ ޚިދުމަތާއެކުގައެވެ. އެއީ މީގެ 63 އަހަރު ކުރިން 29 ޑިސެމްބަރު 1962 ގައެވެ. އަދި ރޭޑިއޯއަށްފަހު ޓީވީގެ ޚިދުމަތް ފެށިގެން ދިޔައީ 1978 ވަނަ އަހަރުގެ މާރިޗު މަހުގެ 29 ވަނަ ދުވަހުއެވެ. އެގޮތުން އެންމެ ފުރަތަމަ އުފެއްދި ޓީވީއަކީ ޓީވީ މޯލްޑިވްސްއެވެ. 

ބްރޯޑްކާސްޓިން ސިނާޢަތުގައި ހަރަކާތްތެރިވުމަށް އަމިއްލަ ފަރާތްތަކަށް ހުޅުވާލާފައި ވަނީ 2006 ވަނަ އަހަރުގެ ތެރޭގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން