Ads by Stelco

ޚަބަރު

މާލޭ ވޮކޭޝަނަލް ހައި ސްކޫލުގައި ކިޔަވަން ބޭނުންވާ ދަރިވަރުން އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލައިފި

މާލޭ ވޮކޭޝަނަލް ހައި ސްކޫލުގައި ކިޔަވަން ބޭނުންވާ ދަރިވަރުން އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލައިފި

ސްކޫލް ދަރިވަރުންތަކެއް/ފޮޓޯ: އެޓޯލް ޓައިމްސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

03 އޮކްޓޯބަރު 2025، 02:11

03 އޮކްޓޯބަރު 2025، 02:11

މާލޭ ވޮކޭޝަނަލް ހައި ސްކޫލު (އެމްވީއެޗްއެސް) ގައި ކިޔަވަން ބޭނުންވާ ދަރިވަރުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަރު ތަޢުލީމީ ވުޒާރާއިން ހުޅުވާލައިފިއެވެ.

އެމްވީއެޗްއެސް އަކީ، މަތީ ޘާނަވީ ތަޢުލީމުގެ ފުރުޞަތު ފަހިކުރުމުގެ ގޮތުން މާލޭގައި އަލަށް ހުޅުވުމަށް ހަމަޖެހިފައިވާ ސްކޫލެއްކަމަށް ތަޢުލީމީ ވުޒާރާއިން މަޢުލޫމާތުދެއެވެ.

ތަޢުލީމީ ވުޒާރާއިން ނެރުއްވި އިޢުލާނެއްގައި ވިދާޅުވީ، މަތީ ޘާނަވީ ފުރުޞަތު ފަހި ކުރުމުގެ ގޮތުން މާލޭގައި އަލަށް ހުޅުވުމަށް ހަމަޖެހިފައިވާ "މާލޭ ވޮކޭޝަނަލް ހައިސްކޫލް" (އެމްވީއެޗްއެސް) ގައި ވޮކޭޝަނަލް ޕާތުވޭ އަށް މަތީ ޘާނަވީ މަރުހަލާގައި ކިޔެވުމަށް ބޭނުންވާ ދަރިވަރުން އެޕްލިކޭޝަން ފޯމު ހުށަހެޅުން 2025 އޮކްޓޫބަރު 2 ވަނަ ދުވަހުން ފެށިގެން 2025 އޮކްޓޫބަރު 10 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

މަތީ ޘާނަވީ ވޮކޭޝަނަލް ޕްރޮގްރާމްތަކަށް ވަނުމުގެ ޝަރުތުތައް:

  •  2024 ނުވަތަ 2025 ވަނަ ދިރާސީ އަހަރު ގްރޭޑް 10 ފުރިހަމަކޮށްފައިވުން 
  • 2024 ވަނަ އަހަރުގެ ޑިސެމްބަރު 31 އަށް 18 އަހަރު ފުރިފައިނުވުން

ތަޢުލީމީ ވުޒާރާއިން އިތުރަށް ވިދާޅުވީ، ދަރިވަރުންނަށް ޖާގަ ހަމަޖެހިފައިވާކަން 2025 އޮކްޓޫބަރު 07 ވަނަ ދުވަހުން ފެށިގެން ދަރިވަރުންނަށް އަންގަމުންދާނެ ކަމަށެވެ. ހަމަ އެހެންމެ، އެޕްލިކޭޝަން ހުށަހަޅާފައިވާ އީމެއިލަށް މާލޭ ވޮކޭޝަނަލް ހައި ސްކޫލުގައި ދަރިވަރު ރަޖިސްޓްރީވުމާ ގުޅޭ އިރުޝާދު ޙިއްސާކުރެވޭނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

މާލޭ ވޮކޭޝަނަލް ހައި ސްކޫލަށް ވަނުމަށް އެދޭ ފޯމު ތަޢުލީމީ ވުޒާރާގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން