Ads by Stelco

ޚަބަރު

އެމްޑީޕީގެ ވެރިކަމުގައި ނުދައްކާ އޮތް 50 މިލިއަން ރުފިޔާ ދައްކާ ނިންމީ މިސަރުކާރުން: ވަޒީރު ޝަހީމް

އެމްޑީޕީގެ ވެރިކަމުގައި ނުދައްކާ އޮތް 50 މިލިއަން ރުފިޔާ ދައްކާ ނިންމީ މިސަރުކާރުން: ވަޒީރު ޝަހީމް

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު /ފޮޓޯ: އެޑިޝަން އެމްވީ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

03 އޮކްޓޯބަރު 2025، 02:10

03 އޮކްޓޯބަރު 2025، 02:10

އެމްޑީޕީގެ ވެރިކަމުގައި ކުންފުނިތަކަށް ނުދައްކާ އޮތް 50 މިލިއަން ރުފިޔާ ދައްކާ ނިންމީ މި ސަރުކާރުންކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، އެމްޑީޕީ ސަރުކާރުގެ ވެރިކަމުން ފެށިގެން ފައިސާ ނުދީ ހުރި ބިލުތަކަށް 5 ހަފްތާ ތެރޭގައި ފައިސާ އެއްކޮށް ދައްކާ ނިމޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރެއްވުމާއި ގުޅިގެންނެވެ.

ވަޒީރު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ސަރުކާރު ފެށުން އިރު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި އެކަނި ވެސް 30 ވަރަކަށް މިިލިއަން ރުފިޔާ ކުންފުނިތަކަށް ނުދައްކާ އޮތްކަމަށެވެ. އަދި މަސައްކަތްކޮށް ބިލްތައް ނައިސް ހުރި ޢަދަދާއެކު ޖުމުލަ 50 މިލިއަން ރުފިޔާ އޮތްކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. ނަމަވެސް، އެ ހުރިހާ ފައިސާއެއް މިދިޔަ އަހަރު ރައީސުލްޖުމްހޫރިއްޔާ  ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ ދައްކަވާ ނިންމަވާފައިކަމަށް ވަޒީރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ރޭ ވިދާޅުވީ 2023 ވަނަ އަހަރުގެ ނޮވެމްބަރު 17 ގައި ސަރުކާރު ހިންގުމާ ހަވާލުވިއިރު، ދިވެހި ވިޔަފާރިތައް މެދުވެރިކޮށް ކުރުވާފައި ފައިސާ ނުދީ ހުރި އެތައްހާސް ބިލުތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގެ މަސައްކަތް ކުރިއަށްދާ  ކަމަށެވެ. އަދި  އެ ފައިސާތައް ދައްކާ ކުރިއަށް އޮތް 5 ހަފްތާގެ ތެރޭގައި ޚަލާސްކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ފުން އަނދަވަޅެއްގައި އޭރު އޮތް ދިވެހި އިޤްތިޞާދު ނަގާ ކޮޅަށްޖެހުމުގައި ކުރެވެމުންދާ މަސައްކަތުގެ ތެރެއިން މިއީ ޙާސިލްކުރެވޭ ވަރަށް ބޮޑު ކާމިޔާބީއެއް.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ނިމިދިޔަ ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ދޭންޖެހޭ 9 ބިލިއަން ރުފިޔާ ނުދައްކާ އޮތްއިރު، އޭގެ ތެރޭގައި ސްކޫލްތައް ތަރައްޤީކުރުމާއި މިސްކިތްތައް ހެދުމުގެ އެތައް މަޝްރޫޢުތަކެއް ހިމެނެއެވެ. މީގެ އިތުރުން މަސްވެރިންނަށް ދޭންޖެހޭ 260 މިލިއަން ރުފިޔާވެސް އޮތީ ނުދައްކާކަމަށް ސަރުކާރުން ފާހަގަކުރައްވައެވެ. ނަމަވެސް، މި ސަރުކާރުން ވަނީ މަސްވެރިންނަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދައްކާ ޚަލާސްކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން