ޚަބަރު
ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ ފަތުރުވެރިންތަކަކާ ސަލާމްކުރެއްވުން/ފޮޓޯ: ރައީސް އޮފީސް
ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ، މިދުވަހުގެ ތަހުނިޔާ ފޮނުއްވާފައިވަނީ އެމަނިކުފާނުގެ ރަސްމީ "އެކްސް" ގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ވިދާޅުވީ، ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ތަހުނިޔާ މި ޞިނާޢަތުގައި އުޅުއްވާ އެންމެހާ ފަރާތްތަކަށް އަރިސްކުރައްވާ ކަމަށެވެ. ހަމަ އެހެންމެ، ފަތުރުވެރިކަމުގެ ސިނާޢަތުގައި އެހާރާއި މިހާރު ޙަރަކާތްތެރިވެފައިވާ ޚިދުމަތްތެރީންނަށް އެމަނިކުފާނު ވަނީ އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާފައެވެ.
މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، ފަތުރުވެރިކަން ރާއްޖޭގައި އިތުރަށް ތަރައްޤީކުރުމުގައި، ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި، ޤަައުމުގެ އަމާންކަމާއި، ދިވެހީންގެ ރީތި އާދަކާދަތައް ހިމާޔަތްކޮށްގެން ކުރިޔަަށް ދިޔުމަށް ފަތުރުވެރިކަމުގެ ސިނާޢަތާ ގުޅޭ އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރައްވާ ކަމަށެވެ.
ދިވެހިރާއްޖޭގައި ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް އަދުގެ ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ތަހުނިޔާ މި ޞިނާޢަތުގެ އެހާރާއި މިހާރުގެ ޚިދުމަތްތެރީންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.
— Dr Mohamed Muizzu (@MMuizzu) October 3, 2025
ފަތުރުވެރިކަން ރާއްޖޭގައި އިތުރަށް ތަރައްޤީކުރުމުގައި، ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި، ޤަައުމުގެ އަމާންކަމާއި، ދިވެހީންގެ ރީތި އާދަކާދަތައް… pic.twitter.com/bKBjw03QgW