Ads by Stelco

ޚަބަރު

ޕިލިޕީންސް އަށް އައި ބިންހެލުމާ ގުޅިގެން ރާއްޖޭގެ ޚާރިޖީ ވަޒީރު ތަޢުޒިޔާ ފޮނުއްވައިފި

ޕިލިޕީންސް އަށް އައި ބިންހެލުމާ ގުޅިގެން ރާއްޖޭގެ ޚާރިޖީ ވަޒީރު ތަޢުޒިޔާ ފޮނުއްވައިފި

ބިންހެލުމުގެ އަސަރު--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

02 އޮކްޓޯބަރު 2025، 05:01

02 އޮކްޓޯބަރު 2025، 05:01

ޕިލިޕީންސް އަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ތަޢުޒިޔާ ފޮނުއްވައިފި އެވެ.

ފިލިޕީންސްގެ ޚާރިޖީ ވަޒީރު ހަރ އެކްސެލެންސީ މާރިޔާ ތެރީސާ ލަޒާރޯ އަށް ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި ވިދާޅުވީ، ފިލިޕީންސްއަށް އައި ބިންހެލުމުގައި އެތައް ބައެއްގެ ފުރާނަ ގެއްލި، ޒަޚަމްވެ، މުދަލާއި ޢުމްރާނީ ވަޞީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ޚަބަރު އަޑުއެއްސެވީ ނުހަނު ފުން ހިތާމައާއެކުގައި ކަމަށެވެ.

ހަމަ އެހެންމެ، ޕިލިޕީންސްއަށް ކުރިމަތިވި ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ޕިލިޕީންސް ސަރުކާރަށާއި، ރައްޔިތުންނަށާއި، އަދި ޚާއްޞަކޮށް، މި ކާރިސާގައި ޙާލުގައި ޖެހިފައިވާ ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފާޅުކުރައްވާކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި މި ކާރިސާއިން ލިބުނު ގެއްލުންތަކުން ސަލާމަތްވުމަށް ފިލިޕީންސް ސަރުކާރާއި ރައްޔިތުން ކުރަމުންގެންދާ މަސައްކަތްތަކަށް ކާމިޔާބުލިބުމަށް އެދިވަޑައިގަންނަވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެ ޤައުމުގެ މެދުތެރޭ ސަރަޙައްދުތަކަށް އައި ބިންހެލުން ރެކޯޑު ކުރެވިފައިވަނީ ރިކްޓަރ މިންގަނޑުން 6.9 ގައެވެ. ބިންހެލުމާ ގުޅިގެން ފިލިޕީންސަށް ނުރައްކައުތެރި ގެއްލުންތަކެއް ލިބިފައިވާ އިރު، ގެދޮރާއި ވެއްޓިފައިވާ ޢިމާރާތްތަކުގެ ދަށުވެފައި ތިބި މީހުން ސަލާމަތްކުރުމަށާއި، ކަރަންޓާއި ފެނުގެ ޚިދުމަތް ކެނޑިފައިވާ ސަރަޙައްދުތަކަށް އެ ޚިދުމަތްތައް އަލުން އިޢާދަކުރުމަށް ކަމާ ގުޅޭ އިދާރާތަކުން ދަނީ މެދުނުކެނޑި މަސައްކަތް ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން