Ads by Stelco

ޚަބަރު

ޤައުމީ ޤުރުއާން މުބާރާތުގެ ރަން ވަނަތަކަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބޮޑު ފައިސާގެ އިނާމެއް ދެނީ

ޤައުމީ ޤުރުއާން މުބާރާތުގެ ރަން ވަނަތަކަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބޮޑު ފައިސާގެ އިނާމެއް ދެނީ

ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުން/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

02 އޮކްޓޯބަރު 2025، 03:48

02 އޮކްޓޯބަރު 2025، 03:48

ޤައުމީ ޤުރުއާން މުބާރާތުގެ ރަން ވަނަތަކަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބޮޑު ފައިސާގެ އިނާމެއް ދިނުމަށް ނިންމައިފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، ކީރިތި  ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ޙާފިޒުންގެ ގޮފިންނާއި ނުބަލާ ކިޔެވުމުގެ ގޮފިންނާއި ބަލައިގެން ކިޔެވުމުގެ ގޮފިން 1 ވަނައަށް އަންނަ ބައިވެރިއަކަށް 75،000 ރުފިޔާ ގެ ފައިސާގެ އިނާމެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.  ހަމަ އެހެންމެ، ކޮންމެ ގޮތްޕަކުން 2 ވަނަ އަށް އަންނަ ބައިވެރިއަކަށް 50،000 ރުފިޔާގެ ފައިސާގެ އިނާމު އަދި ކޮންމެ ގޮތްޕަކުން 3 ވަނައަށް އަންނަ ބައިވެރިއަކަށް 35،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ނިންމާފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

އެ ވުޒާރާއިން އިތުރަށް ވިދާޅުވީ، ޤައުމީ ޤުރްއާން މުބާރާތުގެ މައި އިނާމުގެ ގޮތުގައި އޮންނާނީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ އިނާމުތައް ކަމަށެވެ. ހަމަ އެއާއެކު، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އިނާމުތަކަކީ ރައީސުލްޖުމުހޫރިއްޔާ ދެއްވާ އިނާމުތަކުގެ އިތުރަށް ދެވޭ އިނާމްތައްކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. މި އިނާމުތަކުގެ އިތުރުން ރަންވަނަތަކަށް ދާ ބައިވެރިންނަށް ޢުމްރާ ދަތުރު ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމުހޫރިއްޔާގެ ފަރާތުން ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި ނުބަލާ ކިޔެވުމުގެ ބައިން މުޅި މުބާރާތުން 1 ވަނަ، ބަލައިގެން ކިޔެވުމުގެ ބައިން މުޅި މުބާރާތުން 1 ވަނަ، އަދި ޙާފިޡުންގެ ބައިން މުޅި މުބާރާތުން 1 ވަނަ ހޯދާ ފަރާތްތަކަށް އެ ފަރާތަކުން ތަޢުލީމް ޙާސިލްކުރަން ބޭނުން ދާއިރާއަކުން ޕީއެޗްޑީއާއި ހަމަޔަށް އެފަރާތަކުން ބޭނުން ޤައުމަކުން ތަޢުލީމް ޙާސިލް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް ދިނުމަށް އެމަނިކުފާނު ވަނީ ނިންމަވާފައެވެ.

ހަމަ މިއާއެކު، މުޅި މުބާރާތުން 3 ބައިން 1 ވަނަ ހޯދާ ފަރާތްތަކަށާއި، މުއައްސަސާތަކުގެ ބައިން މުޅި މުބާރާތުން 1 ވަނަ ހޯދާ ތަނަކަށް، ރައީސުލްޖުމްހޫރިއްޔާގެ އިނާމުގެ ތެރޭގައި 100،00،00 ރުފިޔާގެ ފައިސާގެ އިނާމަކާއި ޝަރަފުގެ ފިލައެއް ދިނުމަށް ނިންމަވާފައިވާކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

ކީރިތ ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން