Ads by Stelco

ޚަބަރު

އައްޑޫ ސިޓީގެ ހަންކެޑަ އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫއެއްގެ ގޮތުގައި ތަރައްޤީކުރުމަށް ބީލަމުގެ އުޞޫލުން ހުޅުވާލަނީ

އައްޑޫ ސިޓީގެ ހަންކެޑަ އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫއެއްގެ ގޮތުގައި ތަރައްޤީކުރުމަށް ބީލަމުގެ އުޞޫލުން ހުޅުވާލަނީ

ހަންކެޑެ ތަރައްޤީކުރަން ނިންމާފައިވާ ގޮތުގެ ތަސްވީރެއް--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

02 އޮކްޓޯބަރު 2025، 03:45

02 އޮކްޓޯބަރު 2025، 03:45

އައްޑޫ ސިޓީގެ ހަންކެޑަ އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫއެއްގެ ގޮތުގައި ތަރައްޤީކުރުމަށް ބީލަމުގެ އުޞޫލުން ހުޅުވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް ފަތުރުވެރިކަމާ ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ، ހަންކެޑަ ތަރައްޤީކުރުމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާ އާއި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނާ ދެމެދު ވެފައިވާ އެއްބަސްވުން 28 ސެޕްޓެންބަރު ގައި ބާޠިލުކޮށްފައިވާ ކަމަށެވެ.

ހަމަ އެހެންމެ، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 25/2025 (1 އޮކްޓޫބަރު 2025) އިން، އައްޑޫ ސިޓީގެ ހަންކެޑައަކީ ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގާ ސަރަޙައްދެއްގެ ގޮތުގައި ކަނޑައެޅި ޤަރާރު އުވާލާ، އެރަށް "ހަލާލް ޓޫރިޒަމް" ތަރައްޤީކުރުމަށް ހުޅުވާލެވުނު ރަށްތަކުގެ ލިސްޓުން އުނިކޮށްފައިވާތީ އައްޑޫ ސިޓީގެ ހަންކެޑަ އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫއެއްގެ ގޮތުގައި ތަރައްޤީކުރުމަށް ބަލަންޖެހޭ އެންމެހައި ކަންކަން ބަލަމުން ގެންދާކަމަށް ވަޒީރު ވަނީ ވިިދާޅުވެފައެވެ.

ވަޒީރު ވިދާޅުވީ، މިކަން އިތުރަށް ބަލައި ދިރާސާކުރުމަށްފަހު ބީލަމުގެ އުޞޫލުން ފަތުރުވެރިކަން ތަރައްޤީކުރުމަށް ހުޅުވާލުމުގެ އެންމެހައި މަސައްކަތްތައް ފަތުރުވެރިކަމާ ތިމާވެށްޓާ ބެހޭ ވުޒާރާއިން މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި އެ ވުޒާރާގެ އަމާޒަކީ، އެރަށް ތަރައްޤީކުރުމުގެ ޢަމަލީ  މަސައްކަތް މިއަހަރުގެ ތެރޭގައި ފެށި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މިދައުރުގައި އެރަށް އޮޕަރޭޝަނަށް ގެނައުންކަމަށް ވަޒީރު ވިދާޅުވިއެވެ.

ހަމައެއާއެކު، އައްޑޫ ސިޓީގެ ހަންކެޑަގެ ބަދަލުގައި އެ އަތޮޅުގެ ދޮންހެރަ "ހަލާލް ޓޫރިޒަމް" ތަރައްޤީކުރުމަށް އެވުޒާރާގެ ފަރާތުން މިއަދު ބީލަމަށް ހުޅުވާލެވިގެން ދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ހަންކެޑެ ތަރައްގީކުރަން 2005 ވަނަ އަހަރުން ފެށިގެން އެކިއެކި ސަރުކާރުތަކުގައި މަސައްކަތްކޮށްފައި ވީ ނަމަވެސް، މިހާތަނަށް އެ މަޝްރޫއު އޮތީ ކުރިއަށް ނުގޮހެވެ.  

Ads by MSS

މި ލިޔުން ކިޔާލުމުން