Ads by Stelco

ޚަބަރު

ބީއެމްއެލްއިން ގެދޮރު ގަތުމަށް ދޫކުރާ ލޯނުގެ އިކުއިޓީ %5އަށް ދަށްކޮށްފި

ބީއެމްއެލްއިން ގެދޮރު ގަތުމަށް ދޫކުރާ ލޯނުގެ އިކުއިޓީ %5އަށް ދަށްކޮށްފި

ގެދޮރު ގަތުމަށް ދޫކުރާ ލޯނުގެ އިކުއިޓީގެ އަދަދު %5އަށް ވަނީ ދަށްކޮށްފައި---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

02 އޮކްޓޯބަރު 2025، 07:00

02 އޮކްޓޯބަރު 2025، 07:00

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ގެދޮރު ގަތުމަށް ދޫކުރާ ލޯނުގެ އިކުއިޓީގެ އަދަދު %5އަށް ދަށްކޮށްފިއެވެ. 

މިއީ ކުރިން ގެދޮރު ގަތުމަށް ދޫކުރާ ލޯނުތަކަށް އިކުއިޓީގެ ގޮތުގައި ދައްކަމުން ދިޔަ އަދަދަށް ވުރެ %15 ދަށް އަދަދެކެވެ. މިދިޔަ މަހުގެ ނިޔަލަށް، މިފަދަ ލޯނުތަކަށް %20 އާ ހަމައަށް އިކުއިޓީގެ ގޮތުގައި ބަހައްޓަން ޖެހެއެވެ.

މި ބަދަލާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ބޭންކުގެ ވިސްނުމަކީ ދިވެހި އާއިލާތަކަށް ގެދޮރުވެރިކަން ކަށަވަރުކޮށްދިނުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިތިބުން ކަމުގައެވެ. އެގޮތުން ގެދޮރު ގަތުމަށް ފައިނޭންސިން ދޫކުރުމުގައި އިކުއިޓީގެ ގޮތުގައި ހަމަޖައްސަންޖެހޭ ނިސްބަތް %5 އަށް ދަށްކުރުމާއެކު، ގެދޮރުވެރިވާން ބޭނުންވާ ފަރާތްތަކަށް ދިމާވާ އެންމެ ބޮޑު މާލީ އެއް ގޮންޖެހުމަށް ހައްލެއް ލިބިގެންދާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

މި ބަދަލަށް މިސާލު ޖައްސަވަމުން ޝަރީފް ވިދާޅުވީ، ކުރިން 3.5 މިލިއަން ރުފިޔާގެ އެޕާޓްމަންޓެއް ގަންނަން ބޭނުންވާ ފަރާތަކުން އިކުއިޓީގެ ގޮތުގައި 700,000 ރުފިޔާ ހަމަޖައްސަން ޖެހޭނެއެވެ. ނަމަވެސް ފައިނޭންސިންއަށް ގެނައި ބަދަލާ ގުޅިގެން، އެ އަދަދު 175,000 ރުފިޔާއަށް ދަށްކުރެވިފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ. 

މީގެ އިތުރުން، ގެދޮރުވެރިކަމާއި ގުޅޭ މައްސަލަތަކަށް ޙައްލު ހޯދައި ދިނުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން ދާދި ފަހުން ބޭންކުން ވަނީ ރާއްޖޭގެ ކޮންމެ ރަށެއްގައި ގެދޮރު އިމާރާތްކުރުމާއި މަރާމާތުކުރުމަށް އިތުރު ރަހުނަކާ ނުލައި ދޫކުރާ ލޯނުގެ އަދަދު 3 މިލިއަން ރުފިޔާއަށް ބޮޑުކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން