Ads by Stelco

ޚަބަރު

އެމްއޭސީއެލްގެ މުވައްޒަފުންނަށް ޤައުމީ ސެޓްފިކެޓް ލެވެލްގެ ގިނަ ކޯސްތަކެއް ހިންގޭނެ ފުރުސަތު ފަހިވެއްޖެ

އެމްއޭސީއެލްގެ މުވައްޒަފުންނަށް ޤައުމީ ސެޓްފިކެޓް ލެވެލްގެ ގިނަ ކޯސްތަކެއް ހިންގޭނެ ފުރުސަތު ފަހިވެއްޖެ

އެމްއެންއެސްޑީއޭ އާއި އެމްއޭސީއެލްއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުން / ފޮޓޯ: އެމްއޭސީއެލް

farudhun logo

ފަރުދުން

01 އޮކްޓޯބަރު 2025، 08:39

01 އޮކްޓޯބަރު 2025، 08:39

މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފުންނަށް ޤައުމީ ސެޓްފިކެޓް ލެވެލްގެ ގިނަ ކޯސްތަކެއް ހިންގޭނެ ފުރުސަތު ފަހިވެއްޖެއެވެ.

މި ފުރުސަތު ފަހިވެގެން ދިޔައީ، އެ ކުންފުނީގެ މުވައްޒަފުންގެ ތަމްރީނުތަކަށް ޚާއްޞަ، އޭވިއޭޝަން އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (އެއިމް)ގައި، މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ) އިން ހިންގާ ކޯސްތައް ހިންގުމުންގެ ޙުއްދަ ލިބުމާ ގުޅިގެންނެވެ.

އެ ހުއްދަ ދިނުމުގެ ގޮތުން އެމްއެންއެސްޑީއޭ އާއި އެމްއޭސީއެލްއާ ދެމެދު މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެ އެއްބަސްވުމުގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދުއެވެ. އެމްއެންއެސްޑީއޭގެ ފަރާތުން ސޮއިކުރެއްވީ އެ އޮތޯރިޓީގެ ސީއީއޯ ޑރ. ޒަހުރާ މުހައްމަދުއެވެ.

މި އެއްބަސްވުމާ ގުޅިގެން އެމްއެންއެސްޑީއޭއިން ހިންގާ ޤައުމީ ސެޓްފިކެޓް ލެވެލްގެ ހުރިހާ ކޯހެއް އެމްއޭސީއެލްގެ ޓްރެއިނަރުންނާއެކު އެއިމް މެދުވެރިކޮށް ހިންގުމުގެ ފުރުސަތު ލިބިގެންދާނެކަމަށް އެމްއޭސީއެލް ވަނީ ހާމަކޮށްފައެވެ.

މިއީ ރާއްޖޭގެ އޭވިއޭޝަން ދާއިރާ އަދި އެމްއޭސީއެލްއަށް ބޭނުންވާ އެކި ދާއިރާތަކުން މީހުން ބިނާކޮށް، ވަޒީފާގައި ތިބި މުވައްޒަފުންގެ ހުނަރު ތަރައްޤީކުރުމަށާއި އޭވިއޭޝަން ދާއިރާ މިހާރަށްވުރެ ވަރުގަދަ ކުރުމަށް އެމްއޭސީއެލްއިން ކުރަމުންދާ މަސައްކަތަށް ލިބިގެންދިޔަ ފަސޭހައެއްކަމަށް އެމްއޭސީއެލްއިން ސިފަކުރެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން