Ads by Stelco

ޚަބަރު

ފިލިޕީންސް އަށް އައި ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

ފިލިޕީންސް އަށް އައި ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު |ފޮޓޯ: ރައީސް އޮފީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

01 އޮކްޓޯބަރު 2025، 06:41

01 އޮކްޓޯބަރު 2025، 06:41

ފިލިޕީންސް އަށް އައި ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފި އެވެ.

މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ފިލިޕީންސްގެ އެކި ސަރަޙައްދުތަކަށް އައި ބާރުގަދަ ބިންހެލުމާއި ގުޅިގެން އެތައް ބައެއްގެ ގެދޮރު ގެއްލި، އެތައް ބަޔަކު މަރުވެ، ބޮޑެތި ގެއްލުންތައް ލިބުމުގެ ސަބަބުން އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ހެޔޮ ދުޢާއާއި ހަމްދަރުދީ ފޮނުއްވާ ކަމަށެވެ.

ހަމަ އެހެންމެ، އެޤައުމަށް ދިމާވެފައިވާ މި ހިތާމަވެރި ދަނޑިވަޅުގައި ދިވެހިރާއްޖޭގެ ރައްޔިތުން ތިބީ ފިލިޕީންސްގެ ރައްޔިތުންނާއެކުކަމަށް ރައީސް ވިދާޅުވިއެވެ.

މި ބިންހެލުމުގައި މަރުވި މީހުންގެ ޢަދަދު މިހާރު 69 އަށް އުފުލިފައިވާ ކަން އެ ޤައުމުގެ މަދަނީ ސަލާމަތާ ބެހޭ އިދާރާއިން ވަނީ ކަށަވަރުކޮށްދީފައިވާއިރު، އިތުރު 150 އެއްހައި މީހުން ވަނީ ޒަޚަމްވެފައެވެ. ފިލިޕީންސްގެ ރައީސް ފެރްނާންޑޯ މަރްކޯސް ވިދާޅުވީ، ބިންހެލުމުގެ ސަބަބުން ޙާލުގައި ޖެހިފައިވާ މީހުންނަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށެވެ.

އެ ޤައުމުގެ މެދުތެރޭ ސަރަޙައްދުތަކަށް އައި ބިންހެލުން ރެކޯޑު ކުރެވިފައިވަނީ ރިކްޓަރ މިންގަނޑުން 6.9ގައެވެ. ބިންހެލުމާ ގުޅިގެން ފިލިޕީންސަށް ނުރައްކައުތެރި ގެއްލުންތަކެއް ލިބިފައިވާ އިރު، ގެދޮރާއި ވެއްޓިފައިވާ ޢިމާރާތްތަކުގެ ދަށުވެފައި ތިބި މީހުން ސަލާމަތްކުރުމަށާއި، ކަރަންޓާއި ފެނުގެ ޚިދުމަތް ކެނޑިފައިވާ ސަރަޙައްދުތަކަށް އެ ޚިދުމަތްތައް އަލުން އިޢާދަކުރުމަށް ކަމާ ގުޅޭ އިދާރާތަކުން ދަނީ މެދުނުކެނޑި މަސައްކަތް ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން