Ads by Stelco

ޚަބަރު

އިންޑިއާއަށް ދިއުމުގެ ކުރިން އޮންލައިންކޮށް އެރައިވަލް ކާޑު ފުރަން ޖެހޭ ގޮތަށް ހަދައިފި

އިންޑިއާއަށް ދިއުމުގެ ކުރިން އޮންލައިންކޮށް އެރައިވަލް ކާޑު ފުރަން ޖެހޭ ގޮތަށް ހަދައިފި

އިންޑިއާގެ އިމިގްރޭޝަން ކައުންޓަރުތައް---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

30 ސެޕްޓެމްބަރު 2025، 09:29

30 ސެޕްޓެމްބަރު 2025، 09:29

އިންޑިއާއަށް ދަތުރުކުރާ ފަރާތްތަކުން އެ ޤައުމަށް ދަތުރު ކުރުމުގެ ކުރިން "އިންޑިއަން ޑިޖިޓަލް އެރައިވަލް ކާޑު" ފުރިހަމަ ކުރަން ޖެހޭ ގޮތަށް އެ ޤައުމުން ހަމަޖައްސައިފިއެވެ.

އިންޑިއާގެ އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، އެ ޤައުމަށް ދަތުރުކުރުމުގެ 72 ގަޑިއިރު ކުރިން މި ކާޑު އޮންލައިންކޮށް ފުރައި ހުށަހެޅޭނެއެވެ. މި ފޯމު އިންޑިއާގެ އިމިގްރޭޝަން ވެބްސައިޓަށް ޒިޔާރަތްކޮށް ފުރާލެވޭނެކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.

އީ-އެރައިވަލް ކާޑު ތަޢާރަފުކުރުމުގެ ކުރިން، ފިޒިކަލް އެރައިވަލް ކާޑު ފުރަން ޖެހެނީ އެ ޤައުމަށް އެތެރެވުަމަށްފަހު އިމިގްރޭޝަންގެ ކައުންޓަރަށް ދިއުމުގެ ކުރިންނެވެ. އަދި އެ ކާޑު ފުރުމަށްފަހު ކާޑު ކައުންޓަރާ ހަވާލުކުރަން ޖެހެއެވެ.

ބޭސް ފަރުވާއަށް ގިނަ ދިވެހިން ދަތުރުކުރާ އިންޑިއާއިން މި ގެނައި ބަދަލާ ގުޅިގެން، އިމިގްރޭޝަން ކައުންޓަރު ކައިރީގައި ހޭދަވާ ވަގުތު މަދުކުރެވޭނެކަމަށް އެ ޤައުމުގެ އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ. 

އިންޑިއާއަށް މަސައްކަތްކުރަންދާ މީހުންނާއި، ޓޫރިސްޓުންނާއި، ކިޔަވަންދާ ކުދިންނާއި، ވިޔަފާރީގެ ބޭނުމަށްދާ މީހުން ވެސް މި ޑިޖިޓަލް ކާޑު ފުރަން ޖެހޭނެކަމަށް އެ ޤައުމުން ވަނީ ހާމަކޮށްފައެވެ.

ދިވެހިރާއްޖޭގައި އީ-އެރައިވަލް ކާޑު ތަޢާރަފުކޮށްފައި ވަނީ 2020ވަނަ އަހަރު ކޮވިޑުގެ އާލަމީ ވަބާއާ ގުޅިގެން ބޯޑަރު ބަންދުކުރުމަށްފަހު ހުޅުވިއިރުއެވެ. އެގޮތުން މި ކާޑު ހުށަހަޅަން ޖެހެނީ، ރާއްޖެއަށް އައުމުގެ 72 ގަޑިއިރު ކުރިން، އިމިގްރޭޝަންގެ ޑިޖިޓަލް ޕޯޓަލް، އިމުގާ މެދުވެރިކޮށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން