Ads by Stelco

ޚަބަރު

ސްޓެލްކޯއަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވި 3 ބޭފުޅަކު ޝަރަފްވެރިކަމާއެކު ރިޓަޔަރކުރައްވައިފި

ސްޓެލްކޯއަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވި 3 ބޭފުޅަކު ޝަރަފްވެރިކަމާއެކު ރިޓަޔަރކުރައްވައިފި

ހަފްލާގެ ތެރެއިން/ފޮޓޯ: ސްޓެލްކޯ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

30 ސެޕްޓެމްބަރު 2025، 08:41

30 ސެޕްޓެމްބަރު 2025، 08:41

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯއަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވި 3 ބޭފުޅަކު ޝަރަފްވެރިކަމާއެކު ރިޓަޔަރކުރައްވައިފިއެވެ.

 ސްޓެލްކޯއިން ވިދާޅުވީ، ގިނަ ދުވަސްތަކެއް ވަންދެން އިޚުލާސްތެރިކަމާއިއެކު އެ ކުންފުންޏަށް ޚިދުމަތްކޮށްދެއްވި ބައެއް ބޭފުޅުން ޝަރަފްވެރިކަމާއެކު ރިޓަޔަރކުރެއްވުމާއި ގުޅިގެން އެ ބޭފުޅުންގެ އަގުވަޒަންކުރުމުގެ ގޮތުން މިއަދު ޚާއްޞަ ޙަފްލާއެއް ބާއްވާފައިވާ ކަމަށެވެ.

މިއަދު ޝަރަފްވެރިކަމާއައެކު ޚިދުމަތުން ރިޓަޔަރ ކުރެއްވި ބޭފުޅުންނަކީ:

  • ސީނިއަރ ސަރވިސް އިންޖިނިއަރ އަލްފާޟިލް އަޙުމަދު މަނިކު (ސުތުލި): ޚިދުމަތުގައި  42 އަހަރު
  • ސީނިއަރ ސަރވިސް އިންޖިނިއަރ އަލްފާޟިލް އިބްރާހިމް ރަޝީދު (އަންދަރޭ): ޚިދުމަތުގައި 34 އަހަރު
  • ސީނިއަރ ސަރވިސް ސުޕަރވައިޒަރ އަލްފާޟިލް ޙަސަން ޙަލީމް: ޚިދުމަތުގައި 7 އަހަރު

ސްޓެލްކޯ އިން ގެންދަނީ އަބަދުވެސް، އެ ކުންފުނީގައި މަސައްކަތް ކުރައްވާ ބޭފުޅުން އަގުވަޒަންކޮށް، ކުންފުނީގެ ހިންގުން ހަރުދަނާކުރެއްވުމަށް މަސައްކަތް ކުރައްވަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން