Ads by Stelco

ޚަބަރު

މީޑިއާ ކޮމިޝަނަށް މަޖިލީހުން އައްޔަންކުރާ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

މީޑިއާ ކޮމިޝަނަށް މަޖިލީހުން އައްޔަންކުރާ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ރައްޔިތުންގެ މަޖިލީސް ކުރާ ގެ ފޮޓޯ:މަޖިލިސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

30 ސެޕްޓެމްބަރު 2025، 06:11

30 ސެޕްޓެމްބަރު 2025، 06:11

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ. މި ފުރުޞަތު ހުޅުވާލާފައިވަނީ އޮކްޓޯބަރު މަހުގެ 12ވަނަ ދުވަހުގެ މެންދުރު 12:00އާ ހަމައަށެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ޤާނޫނުގެ ދަށުން އުފެދުނު މި ކޮމިޝަނަށް މަޖިލީހުން 3 މެންބަރުން އައްޔަން ކުރައްވާނެއެވެ. އަދި މީޑިއާތަކުން އިންތިޚާބު ކުރާ 4 މެންބަރުންނާއެކު ޖުމްލަ 7 މެންބަރުން މި ކޮމިޝަނުގައި ތިއްބަވާނެއެވެ.

މި މަގާމުތަކަށް ކުރިމަތިލެވޭނީ އުމުރުން 30 އަހަރުވެފައިވާ، މީޑިއާ ދާއިރާއިން ނުވަތަ ހިންގުމުގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވާ ނުވަތަ ދާއިރާގެ 5 އަހަރުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށެވެ. ނަމަވެސް، މީޑިއާއެއްގެ އެޑިޓަރަކަށް ނުވަތަ މަސްއޫލުވެރި ފަރާތްތަކަށް އަދި ސިޔާސީ ޕާޓީއެއްގެ މެންބަރުންނަށް ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިނުލެވނުލެވޭނެއެވެ.

ކުރިމަތިލާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއި އިޤްރާރާއި ކުށާއި ދަރަނީގެ ރެކޯޑާއި އައިޑީ ކާޑު ކޮޕީ އަދި ވަނަވަރާއި ތައުލީމީ ސެޓްފިކެޓްތައް މަޖިލީހުގެ އިދާރާއަށް ހުށަހަޅަންވާނެއެވެ.

މީޑިއާ ކޮމިޝަނަށް މީޑިއާތަކުގެ ތެރެއިން އިންތިޚާބު ކުރާ 4 މެންބަރުން ހޮވުމަށް އިލެކްޝަންސް ކޮމިޝަނުން އޮކްޓޯބަރު 11ވަނަ ދުވަހު އިންތިޚާބެއް ބާއްވާނެއެވެ.

މީޑިއާ ކޮމިޝަނުގެ ޤާނޫނަށް މިހާރު އަމަލުކުރަން ފަށާފައިވާއިރު އޮކްޓޯބަރު މަހުގެ 17ވަނަ ދުވަހުގެ ކުރިން އެ ކޮމިޝަނަށް މެންބަރުން އައްޔަން ކުރަންވާނެކަމަށް ޤާނޫނުގައި ބުނެއެވެ. މެންބަރުންގެ ދައުރަކީ 5 އަހަރު ދުވަހެވެ. އަދި އެއްވެސް މެންބަރަކަށް ދެ ދައުރަށްވުރެ އިތުރަށް މެންބަރުކަމުގެ މަގާމުގައި ނުހުރެވޭނެއެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން