Ads by Stelco

ޚަބަރު

ތިމާވެށީގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމަށް އެޗްޑީސީއާއެކު އެއްބަސްވުމެއް އެކުލަވާލައިފި

ތިމާވެށީގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމަށް އެޗްޑީސީއާއެކު އެއްބަސްވުމެއް އެކުލަވާލައިފި

އެއްބަސްވުމުގައި ސޮއިކުރުން/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

30 ސެޕްޓެމްބަރު 2025، 04:49

30 ސެޕްޓެމްބަރު 2025، 04:49

ތިމާވެށީގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމަށް ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވުޒާރާއާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީއާ ދެމެދު މިއަދު އެއްބަސްވުމެއް އެކުލަވާލައިފި އެވެ.

މި އެއްބަސްވުމުގެ ދަށުން، ގޮނޑުދޮށް ސާފުކުރުމާއި، 'މަންސާ' ގެ ނަމުގައި ތިމާވެށީގެ ދާއިރާއިން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްއެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

ތިމާވެށްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން އަންނަ އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހު ހުޅުމާލޭގެ ގޮނޑުދޮށް ސާފުކުރުމުގެ ޙަރަކާތެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ހަރަކާތަކީ ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނަސަބާތުގައި ފަށާ ޕްރޮގްރާމެއްކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. ހަމަ އެހެންމެ، މި ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ ގޮނޑުދޮށާއި ކަނޑުފަޅުގެ މާހައުލުތައް ރައްކާތެރިކޮށް، ރާއްޖޭގެ ގުދުރަތީ ރީތިކަން ދެމެހެއްޓުމަށް ބާރުއެޅުންކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.

މީގެ އިތުރުން، މި ޕްރޮގްރާމްގެ ތެރެއިން އެއްކުރެވޭ ކުނީގެ އޮޑިޓެއް ފުރިހަމަކުރުމަށް ހަމަޖެހިފައިވާއިރު، މި ޕްރޮގްރާމްގެ ދަށުން އެއްކުރެވޭ ކުނި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ އެހީއާއެކު ރާއްކާތެރިގޮތެއްގައި މެނޭޖްކުރުމަށް ގެންދާނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. ހަމަ މިއާއެކު، އެ ދުވަހުގެ ރޭގަނޑުގައި 'މަންސަ' ގެ ނަމުގައި ހޭލުންތެރިކުރުވުމުގެ ސެޝަންތަކެއް ވެސް ހިންގުމަށް ރާވާފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހަކީ 27 ސެޕްޓެމްބަރު ނަމަވެސް، ފަތުރުވެރިކަމުގެ ޤައުމީ ދުވަސް ފާހަގަކުރަމުން އަންނީ ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހު އެވެ.  

Ads by MSS

މި ލިޔުން ކިޔާލުމުން