Ads by Stelco

ޚަބަރު

ދިވެހި ފުލުހުންގެ ޚިދުމަތުގެ އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމާ ގުޅޭ މަޝްވަރާ ގަތަރާއެކު ކުރިއަށްގެންގޮސްފި

ދިވެހި ފުލުހުންގެ ޚިދުމަތުގެ އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމާ ގުޅޭ މަޝްވަރާ ގަތަރާއެކު ކުރިއަށްގެންގޮސްފި

ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އަދި ހެޑް އޮފް  އެންސީބީ ދޯހާ ޢަލީ މުޙައްމަދު އަލް ޢަލީއާ

farudhun logo

ފަރުދުން

30 ސެޕްޓެމްބަރު 2025، 10:34

30 ސެޕްޓެމްބަރު 2025، 10:34

ދިވެހި ފުލުހުންގެ ޚިދުމަތުގެ އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމަށް ގަތަރު ފުލުހުންގެ ފަރާތުން ފޯރުކޮއްދެވިދާނެ އެހީތެރިކަމާ ގުޅޭގޮތުންނާއި، އިންޓަރޕޯލުން ދިވެހި ފުލުހުންގެ އިދާރާއަށް ފޯރު ކޮށްދެމުން ގެންދާ އެހީތެރިކަން ފުޅާކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ. މި މަޝްވަރާތަށް ކުރިއަށް ގޮސްފައިވަނީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން މިހާރު ގަތަރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އިންޓަޕޯލް ނޭޝަނަލް ސެންޓްރަލް ބިއުރޯ ދޯހާއަށް ވަޑައިގެން އިންޓަރޕޯލް އެގްޒެކެޓިވް ކޮމިޓީގެ އޭޝިއާ ސަރަހައްދުގެ ޑެލިގޭޓު އަދި ހެޑް އޮފް  އެންސީބީ ދޯހާ ޢަލީ މުޙައްމަދު އަލް ޢަލީއާ ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.

މި ބައްދަލުވުމުގައި އިންޓަރޕޯލް ގްލޯބަލް އެކަޑަމީ ނެޓްވޯކްގައި ރާއްޖޭގެ ނޭޝަނަލް ކޮލެޖް އޮފް ޕޮލީސިންގ އެންޑް ލޯ އެންފޯސްމެންޓް ބައިވެރި ކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައި، ނޭޝަނަލް ކޮލެޖް އޮފް ޕޮލީސިންގ އެންޑް ލޯ އެންފޯސްމެންޓުން ހިންގާ ޕްރޮގްރާމްތަކުގައި އިންޓަރޕޯލްގެ މެމްބަރު ގައުމުތަކުގެ ކަމާ ގުޅޭ އިދާރާތަކަށް ފުރުސަތު ހުޅުވާލުމާއި، މެމްބަރު ގައުމުތަކުން ބޭނުންވާ ޕްރޮގްރާމްތައް އިންޓަރޕޯލްއާ ގުޅިގެން ފަރުމާ ކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.

 މިބައްދަލުވުމުގައި ހެޑް އޮފް އެންސީބީ ދޯހާ ޢަލީ މުޙައްމަދު އަލް ޢަލީ ވަނީ، ގަތަރު ފުލުހުންގެ ފަރާތުން ދިވެހި ފުލުންގެ އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް ބޭނުންވާ ތަމްރީނު ފޯރުކޮއްދެއްވާނެ ކަމަށާއި، ތަޖުރިބާ ހިއްސާކުރުމުގެ ޕްރޮގްރާމްތަކުން ދިވެހި ފުލުހުންނަށް ފުރުސަތު ދެއްވާނެކަމަށް ވިދާޅުވެ އެޕްރޮގްރާމްތަކުގެ ތަފްސީލު ހިއްސާ ކުރައްވާފައެވެ.

މިބައްދަލުވުމުގެ ތެރެއިން، ކުއްލި ހާލަތުގައި ގަތަރުގެ ކަމާގުޅޭ މުއައްސަސާތަކުން މަސައްކަތް ކުރާ ގޮތާއި، ބައިނަލްއަގުވާމީ އިދާރާތަކާ ގުޅިގެން ބޮޑެތި ކުޅިވަރު އިވެންޓުތަކުގެ ސަލާމަތީކަންކަން ބެލެހެއްޓުމަށް ބޭނުންކުރާ ނިޒާމުކަމުގައިވާ ކިއު 360 ޕްރޮޖެކްޓާ ގުޅޭ މައުލޫމާތު އަދި ތަޖުރިބާ ގަތަރު ފުލުހުންގެ ފަރާތުން ހިއްސާކުރައްްވައި، އެފަދަ ނިޒާމްތައް އެހެން ގައުމުތަކުގައި ގާއިމުކުރުމުގެ މުހިންމުކަން ފާހަގަ ކުރެއްވިއެވެ. މިބައްދަލުވުމުގައި ހެޑް އޮފް އެންސީބީ ދޯހާ ޢަލީ މުޙައްމަދު އަލް ޢަލީ ވަނީ ދެޤައުމުގެ ފުލުހުންގެ އިދާރާގެ މެދުގައި އޮތް ގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ފުޅާކުރުމަށް މަސައްކަތް ކުރައްވާނެކަމަން ވިދާޅުވެ މިހާރުވެސް ބާއްވަމުންދާ ގާތްކަމަށް ޝުކުރު އަދާ ކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން