Ads by Stelco

ޚަބަރު

ރ. އަތޮޅުގެ 9 ރަށެއްގައި މުޅިން އަލަށް އޭޓީއެމްގެ ޚިދުމަތް ފަށައިފި

ރ. އަތޮޅުގެ 9 ރަށެއްގައި މުޅިން އަލަށް އޭޓީއެމްގެ ޚިދުމަތް ފަށައިފި

ރ. ކިނޮޅަހުގައި ބީއެމްއެލްއިން ޤާއިމްކުރި އޭޓީއެމް، ފޮޓޯ: ޕީއެސްއެމް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

29 ސެޕްޓެމްބަރު 2025، 09:14

29 ސެޕްޓެމްބަރު 2025، 09:14

ރ. އަތޮޅުގެ 9 ރަށެއްގައި މުޅިން އަލަށް އޭޓީއެމްގެ ޚިދުމަތް މިއަދު ފަށައިފިއެވެ.

"މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މި ޝިއާރުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ނިންމެވުމަށް، ބޭންކް އޮފް މޯލްޑިވްސްއިން ފަށާފައިވާ މި މަޝްރޫޢުގެ ދަށުން މިއަދު ރ. އަތޮޅުގައި ރަސްމީކޮށް އިފްތިތާޙުކުރި 9 އޭޓީއެމްއާއެކު އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިހާރު ވަނީ އޭޓީއެމްގެ ޚިދުމަތް ފެށިގެން ގޮސްފައެވެ. އަދި މިއީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޤާއިމްކުރި 16 ވަނަ އަތޮޅު ވެސް މެއެވެ. 

މިއާއެކު، މާލެ ފިޔަވައި 187 ރަށެއްގައި މިހާރު މިވަނީ އޭޓީއެމްގެ ޚިދުމަތް ޤާއިމްކުރެވިގެން ގޮސްފައެވެ.

"ރ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިޙާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމްކުރެވުމާއެކު، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން ފަސޭހައިން ވާސިލުވެވޭނެ ބޭންކިންގ ޚިދުމަތެއް ޤާއިމްކުރުމުގެ މުހިންމު ލަނޑުދަނޑިއެއް މިވަނީ ހާސިލްވެފަ. މިއީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލްއިން އޭޓީއެމްގެ ޚިދުމަތް ޤާއިމްކުރި 16ވަނަ އަތޮޅު." މި މަޝްރޫޢުގެ ކާމިޔާބަށް އަލިއަޅުވާލައްވައި ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.

ރ. އަތޮޅުގައި މިއަދު އޭޓީއެމްގެ ޚިދުމަތް ޤާއިމް ކުރެވިގެން ދިޔައީ، ވާދޫ، ރަސްގެތީމު، އަނގޮޅިތީމު، ހުޅުދުއްފާރު، މާކުރަތު، ރަސްމާދޫ، އިންނަމާދޫ، ކިނޮޅަސް އަދި ފައިނުގައެވެ. 

މީގެ އިތުރުން، އެ އަތޮޅު އަލިފުށީގައި ބީއެމްއެލްގެ ބްރާންޗެއް ޤާއިމްކުރުމުގެ ބިންގާ ވެސް މިއަދު އަޅާފައިވެއެވެ. މި ބްރާންޗުގެ ބިންގާ އަޅުއްވާދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރެވެ. މީގެއިތުރުން މި ރަސްމީއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފާއި، ބޭންކުގެ އިސްވެރިން އަދި އެރަށު ކައުންސިލުގެ މެންބަރުންނާއި އަތޮޅުގެ ދާއިރާތައް ތަމްސީލުކުރާ މަޖިލިސް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން