Ads by Stelco

ޚަބަރު

ނައިފަރު ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ނައިފަރު ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ނައިފަރު ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމަށް އެއްބަސްވުމުގައި ސޮއިކުރުމުގެ ރައްމިއްޔާތު ފޮޓޯ: އެމްޓީސީސީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

29 ސެޕްޓެމްބަރު 2025، 01:01

29 ސެޕްޓެމްބަރު 2025، 01:01

ފާދިއްޕޮޅު ނައިފަރުގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ އަގަކީ 47.50 މިލިއަން ރުފިޔާ ކަމަށްވާއިރު، މަސައްކަތް ނިންމުމަށް ދެވިފައިވަނީ 1 އަހަރު ދުވަހުގެ މުއްދަތެކެވެ.

މި މަޝްރޫޢުގެ ދަށުން ކުރެވޭ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި 26,960 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 340 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށިލުމާއި، 182 މީޓަރުގެ ބޭރުތޮށިލުމާއި، 1,390 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި ހަރުކުރުން ހިމެނެއެވެ.

ނައިފަރަކީ 5,700 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ރަށެއް ކަމަށްވާއިރު، އާބާދީ އިތުރުވުމާއެކު ރަށުގައި ބޭނުންކުރާ ކަނޑު އުޅަނދުތަކުގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިހާރު ބޭނުންކުރަމުންދާ ބަނދަރަކީ ނިސްބަތުން ބޮޑު ބަނދަރެއް ނަމަވެސް، އިތުރުވަމުންދާ އާބާދީއަށް އެކަށޭނަ ބަނދަރެއް ނޫން ކަމަށް ފާހަގަކުރެވެއެވެ. މީގެކުރިންވެސް ދެފަހަރެއްގެ މަތިން ރަިން ރަށުގެ ބަނދަރު ތަރައްޤީކޮށްފައިވާކަން ފާހަގަކުރެވެއެވެ.
ނައިފަރު ބަނދަރު އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާވެށި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައުދީއެވެ.

މި މަޝްރޫޢު ނިމުމުން ނައިފަރުގެ ރައްޔިތުންނަށް ލިބޭނެ ފަސޭހަތަކުގެ ތެރޭގައި ބަނދަރުގެ ޖާގަ އިތުރުވުމާއި، ބޮޑެތި އުޅަނދުފަހަރަށް ފަސޭހައިން ވަދެނިކުމެވުމާއި، ބަނދަރު ސަރަޙައްދުގެ ރައްކާތެރިކަން އިތުރުވުން ހިމެނެއެވެ. މީގެ އިތުރުން މި މަޝްރޫޢުގެ ސަބަބުން ރަށުގެ އިޤްތިޞާދީ ހަރަކާތްތައް އިތުރުވެ، ވިޔަފާރިތަކަށް ކުރިއެރުން ލިބޭނެ ކަމަށް އުއްމީދުކުރެވެއެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން