ޚަބަރު
ހުޅުމާލޭގެ މާސްޓަރ ޕްލޭނަށް ޚިޔާލު ހުށަހެޅުމުގެ ފޯރަމެއް ބާއްވަނީ

ހުޅުމާލޭގެ މަލަމަތި---

ފަރުދުން
29 ސެޕްޓެމްބަރު 2025، 10:08
29 ސެޕްޓެމްބަރު 2025، 10:08
ހުޅުމާލޭގެ ސޯޝަލް، ލޭންޑްސްކޭޕް، އަދި ޓްރާންސްޕޯޓާ ގުޅޭ މާސްޓަރޕްލޭނަށް އާންމުންގެ ހިޔާލު ހޯދުމަށް 'ހިޔާލުން ހުޅުމާލެ'ގެ ނަމުގައި ފޯރަމެއް ބާއްވަން ނިންމައިފިއެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ހާމަކޮށްފައިވާ ގޮތުގައި، މި ފޯރަމްގެ މަޤުސަދަކީ ހުޅުމާލޭގެ ތަރައްޤީގައި، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމެވެ. އަދި ހުޅުމާލޭގައި ދިރިއުޅޭ ބައެއްގެ ހައިސިއްޔަތުން، އެ ސިޓީގެ މާސްޓަރޕްލޭނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގައި ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތްތައް ދެނެގަތުން ކަމުގައި ވެސް އެޗްޑީސީއިން ހާމަކުރެއެވެ.
މީގެއިތުރުން، ހުޅުމާލޭގެ ދުރު ރާސްތާ މަގުޗާޓަށް ހުޅުމާލޭގެ ރައްޔިތުން ހޭލުންތެރިކޮށް، ހުޅުމާލޭގެ ތަރައްޤީއާ ގުޅޭގޮތުން އާންމުންނާ މަޢުލޫމާތު ޙިއްސާކުރުމަކީވެސް މި ފޯރަމްގެ އަމާޒެއްކަމަށް އެޗްޑީސީން ހާމަކުރެއެވެ.
އެގޮތުން، މި ފޯރަމްގައި ހުޅުމާލޭގެ ކޮމިއުނިޓީ ބައްޓަންކުރަންވީ ގޮތާއި (ސޯޝަލް ޕްލޭން)، ހުޅުމާލެތެރޭގެ ދަތުރުފަތުރުތައް (ޓްރާންސްޕޯޓް ޕްލޭން) ބައްޓަންކުރަންވީ ގޮތުގެ އިތުރުން، ހުޅުމާލެ ފެހިކުރުން (ލޭންޑްސްކޭޕް ޕްލޭން)އާ ގުޅޭގޮތުން ރައްޔިތުންގެ ޙިޔާލު ހޯދުމަށް ވަނީ ނިންމާފައެވެ.
ޙިޔާލު ހޯދުމުގެ މި ފޯރަމްތައް އޮންނާނީ އަންނަ އޮކްޓޯބަރު މަހުގެ 13 އިން ފެށިގެން 15 ވަނަ ދުވަހަށެވެ. މި ފޯރަމްގައި އޮންލައިންކޮށް ރަޖިސްޓަރ ކުރުމަށް މިހާރު ވަނީ ހުޅުވާލާފައެވެ. ރަޖިސްޓަރ ކުރުމުގެ ސުންގަޑިއަކީ 07 އޮކްޓޯބަރު 2025 ވާ އަންގާރަ ދުވަހެވެ.