ޚަބަރު
ދެމެހެއްޓެނިވި ފަތުރުވެރިކަމަށް ގުޅިގެން މަސައްކަތް ކުރުމަށް ވަޒީރު ޠާރިޤު ގޮވާލައްވައިފި

ފަތުރުވެރިކަމާއި ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ފޮޓޯ: އިންޓަނެޓް
ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށްޓަކައި ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤު އިބްރާހިމް ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިކަމަށް ގޮވާލެއްވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ދުވަހާ ގުޅުވައިގެން ފޮނުއްވި ޚާއްސަ ވީޑިއޯ މެސެޖެއްގައެވެ.
ވަޒީރު ޠާރިޤު އިބްރާހިމް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކުގެ ބުރަ މަސައްކަތުން، ރާއްޖެއަކީ މިއަދު ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ ފަތުރުވެރި މަންޒިލެއްގެ ގޮތުގައި ވެފައިވާކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ދަނީ ކުރިއަރަމުން ކަމަށާއި، މި ދާއިރާއަކީ ޤައުމުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީގައި މުހިންމު ބައިވެރިއެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މިއަހަރުގެ ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ދުވަހުގެ ޝިޢާރުގެ ދަށުން، ވެށި ހިމާޔަތްކުރުމާއެކު ފަތުރުވެރިކަމުގެ ދާއިރާ ތަރައްޤީކޮށް، ސަގާފަތް ދިރުވައި އާލާކުރުމަށާއި ފަތުރުވެރިކަމުގެ ފައިދާ މުޖުތަމަޢުގެ ހުރިހައި ފަރުދުންނަށް ކުރުމަށް ގޮވާލާ ކަމަށް ވަޒީރު ޠާރިޤު ވިދާޅުވިއެވެ. އެއީ ރާއްޖޭން ގެންގުޅޭ ސިޔާސަތުތަކާ ވަރަށް އެއްގޮތް ކަންތައްތައް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
Wishing everyone a very happy World Tourism Day. This year’s theme of tourism and sustainable transformation reminds us the role tourism can play as a catalyst for socio-economic growth and sustainability.
— Thoriq Ibrahim (@Thoriqibrahim) September 27, 2025
We must all work together to ensure that the benefits of tourism reaches… pic.twitter.com/7csxtxcxrY
ބައިނަލްއަގުވާމީ ތަފާސްހިސާބުތަކަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ، މިދިޔަ އަހަރު ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާ 1.6 ޓްރިލިއަން އެމެރިކާ ޑޮލަރަށް އަރާފައިވާއިރު، މިއަހަރު އެކި ޤައުމުތަކަށް ދަތުރުކުރާ ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު 3-5 އިންސައްތަ އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މި ކުރިއެރުން މިއަދު ރާއްޖެއިންވެސް ފެންނަމުންދާ ކަމަށާއި، ފާއިތުވި އަހަރުތަކުގައި ރާއްޖޭން ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމާއެކު ވެށި ހިމާޔަތްކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ޠާރިޤު އިބްރާހިމް ވަނީ ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއެރުވުމަށް މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމުގައި ބައްލަވާފައެވެ. އަދި ސަގާފަތާއި ވެށި ރައްކާތެރިކަމާއެކު އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރުމަށްވެސް އެމަނިކުފާނު ގޮވާލެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ރާއްޖޭން ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އެގޮތުން، ރާއްޖެއަކީ ދެމެހެއްޓެނިވި އަދި އެންމެން ޝާމިލުވާ ފަތުރުވެރި މަންޒިލެއްގެ ގޮތުގައި ދެމިއޮތުމަށް ކުރިއަށް އޮތްތަނުގައިވެސް ސަރުކާރުން އުމްރާނީ ގޮތުންނާއި އީޖާދީ އަދި މާކެޓިން ދާއިރާއިން ބޮޑެތި އިންވެސްޓްތައް ކުރާނެ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤު އިބްރާހިމް ވިދާޅުވިއެވެ.
On the occasion of World Tourism Day 2025, Minister @ThoriqIbrahim shares a special message highlighting the vital role of tourism in driving sustainable transformation and shaping our nation’s future.#WorldTourismDay#MVNationalTourismDay2025#MVTD2025#WorldTourismDay2025 pic.twitter.com/fDCJK4wfSd
— Ministry of Tourism and Environment (@MoTmv) September 27, 2025