Ads by Stelco

ޚަބަރު

މަސްވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ސިޔާސަތުތައް އެކުލަވާލާ ޚާއްސަ އަހަންމިއްޔަތުކަމެއްދެއްވާ: ވަޒީރު ޝިޔާމް

މަސްވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ސިޔާސަތުތައް އެކުލަވާލާ ޚާއްސަ އަހަންމިއްޔަތުކަމެއްދެއްވާ: ވަޒީރު ޝިޔާމް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތ. ގުރައިދޫގައި ސެނެހިޔާގެ ހައިޕަރބެރިކް ސެންޓަރުގައި ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

27 ސެޕްޓެމްބަރު 2025، 11:14

27 ސެޕްޓެމްބަރު 2025، 11:14

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، މަސްވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ފުރަތަމަ ދުވަހުން ފެށިގެންވެސް ޚާއްސަ އަހަންމިއްޔަތުކަމެއް ދެއްވައި، އެކަމަށް ޚާއްސަ ސިޔާސަތުތައް ތަންފީޒުކުރައްވަމުން ގެންދަވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިކަން ހާމަވެފައިވަނީ، މަސްވެރިންނަށް ޚާއްސަކޮށްގެން ސަރުކާރުން ތ. ގުރައިދޫގައި ސެނެހިޔާގެ ހައިޕަރބެރިކް ސެންޓަރެއް ހުޅުވާ ޚިދުމަތް ދޭން ފެށުމާގުޅިގެން ވަޒީރު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

މަސްވެރިކަމާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ރާއްޖޭގެ ތާރީޚުގައިވެސް ސަރުކާރުން މަސްވެރިންނަށް ޚާއްސަކޮށްގެން ހުޅުވި މިފަދަ ފުރަތަމަ ސެންޓަރަކީ މިއީ ކަމަށެވެ. ތ. ގުރައިދޫގައި ހުޅުވުނު މި ހައިޕަރބެރިކް ސެންޓަރު ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މިއީ ފީނުމުގެ ތެރޭގައި ޑައިވިން ޑިކޮމްޕްރެޝަން ސިކްނެސް (ޑީކޯ) ޖެހޭ މީހުންނަށް ފަރުވާދިނުމަށް ޚާއްސަ ކުރެވިފައިވާ މުހިއްމު މަރުކަޒެކެވެ. ވަޒީރު ޝިޔާމް އިތުރަށް ފާހަގަކުރެއްވީ، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި މިފަދަ އިތުރު ސެންޓަރުތައް ހުޅުވުމަކީ ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވާ މަސައްކަތްޕުޅެއްކަމަށެވެ.



ވަޒީރު އަޙްމަދު ޝިޔާމު ވިދާޅުވި ގޮތުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން، މަސްވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވައި، އެކަމަށް ޚާއްސަ ސިޔާސަތުތައް އެކުލަވާލައްވައި ތަންފީޒުކުރައްވަމުން ގެންދަވައެވެ. މި ސިޔާސަތުތަކުގެ ތެރެއިން، ރާއްޖޭގައި މަސްވެރިކަން ކުރާ ކޮންމެ އޮޑިއެއްގައި އެންމެ މަދުވެގެން އެއް ރެސްކިއު ޑައިވަރު ބެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވި ޕްރޮގްރާމްގެ ދަށުން، މިދިޔަ އަހަރު އެކަނިވެސް 56 ޑައިވަރުން ވަނީ ތަމްރީނުކޮށްފައެވެ. އަދި އިތުރު ޑައިވަރުން ތަމްރީނުކުރުމުގެ މަސައްކަތް މިއަހަރުވެސް ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މަސްވެރިކަމާބެހޭ ވަޒީރު ޝިޔާމް ވިދާޅުވީ، މީގެ ކުރިން އެއްވެސް ސަރުކާރަކުން މަސްވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުކުރާ މުހިއްމު އެތައް މަސައްކަތްތަކެއް މި ސަރުކާރުން ކުރަމުންދާކަމަށެވެ. އަދި ރައީސް ޑރ. މުޢިއްޒު ވަނީ ރާއްޖޭގެ ކޮންމެ ސިނާޢަތަކަށްވެސް ހެޔޮ ބަދަލުތަކެއް ގެންނަވައި، ތަފާތު ދައްކަވަމުންގެންދަވާކަމަށް ވެސް ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން