Ads by Stelco

ޚަބަރު

ރާއްޖޭގެ ރީތިކަން ދައްކުވައިދޭ ދެމެހެއްޓެނިވި ފަތުރުވެރިކަމެއް ބިނާކުރުމަކީ ސަރުކާރުގެ އަމާޒު : ރައީސް މުޢިއްޒު

ރާއްޖޭގެ ރީތިކަން ދައްކުވައިދޭ ދެމެހެއްޓެނިވި ފަތުރުވެރިކަމެއް ބިނާކުރުމަކީ ސަރުކާރުގެ އަމާޒު : ރައީސް މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

27 ސެޕްޓެމްބަރު 2025، 10:48

27 ސެޕްޓެމްބަރު 2025، 10:48

ރާއްޖޭގެ ރަށްރަށުގެ ރީތިކަމާއި ތަފާތުކަން ދައްކުވައިދޭ ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ މޮޑެލްއެއް ބިނާކޮށް ކުރިއެރުވުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، މިއަދު ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުންދާ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވި ގޮތުގައި، ފަތުރުވެރިކަމުގެ ސިނާއަތުގެ ތެރެއިން ދިވެހިންގެ މެހެމާންދާރީގެ އަސާސްތަކަކީ މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުން ބަލައިގެންފައިވާ އަސާސްތަކެކެވެ. އަދި ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް އަދި ކޮންމެ މުޖުތަމަޢަކަށް މި ސިނާއަތުގެ ތެރެއިން ފުރުޞަތުތައް ފަހިކޮށްދީ، ދެމެހެއްޓެނިވި ތަރައްޤީއަށް މަގުކޮށައިދިނުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.



ރައީސް ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ރާއްޖޭގެ ރަށްރަށުގެ ގުދުރަތީ ރީތިކަމާއި ހިތްގައިމުކަމާއި ތަފާތުކަން ދައްކުވައިދޭ ފަތުރުވެރިކަމުގެ މޮޑެލްއެއް ބިނާކުރުމަކީ އެމަނިކުފާނުގެ އަމާޒެއްކަމަށެވެ. މީގެ ސަބަބުން ދެމެހެއްޓެނިވި ތަރައްޤީ އެކުލެވިގެންވާ މުސްތަޤުބަލަކަށް މަގުފަހިވެގެންދާނެކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފަތުރުވެރިކަމުގެ ދުވަސް ބައިނަލްއަޤްވާމީގޮތުން އެންމެ ފުރަތަމަ ފާހަގަކުރަން ފަށާފައިވަނީ 1980 ވަނަ އަހަރުއެވެ. މިފަދަ ދުވަހެއް ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރުމުގެ މައިގަނޑު ބޭނުމަކީ ފަތުރުވެރިކަމުގެ ސިނާއަތުން ހޯދަމުންދާ ކުރިއެރުންތައް ފާހަގަކޮށް، މި ސިނާއަތް ކުރިއެރުވުމަށް ހުރި ފުރުޞަތުތައް ދެނެގަތުމަށް ބާރުއަޅައި، ފަތުރުވެރިކަމާއި އިޖްތިމާޢީ، ސަޤާފީ، ސިޔާސީ އަދި އިޤްތިސާދީ ކަންކަމާއި އޮންނަ ގުޅުމާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން