Ads by Stelco

ޚަބަރު

ރައީސްގެ އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަމާޒަކީ ހުރިހާ ރައްޔިތުން ޝާމިލުވާގޮތަށް އިޤްތިޞާދީ ކުރިއެރުން ހާސިލުކުރުން: ފަހުމީ

ރައީސްގެ އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަމާޒަކީ ހުރިހާ ރައްޔިތުން ޝާމިލުވާގޮތަށް އިޤްތިޞާދީ ކުރިއެރުން ހާސިލުކުރުން: ފަހުމީ

ރައީސުލްޖުމްހޫރިއްޔާ އަދި ޙުސައިން ފަހުމީ/ފޮޓޯ: ރަސް އޮންލައިން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

25 ސެޕްޓެމްބަރު 2025، 08:02

25 ސެޕްޓެމްބަރު 2025، 08:02

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަމާޒަކީ ހުރިހާ ރައްޔިތުން ޝާމިލުވާގޮތަށް އިޤްތިޞާދީ ކުރިއެރުން ހާސިލުކުރުންކަމަށް އެމަނިކުފާނުގެ ސިޔާސަތާއި ވަޢުދުތަކާ ބެހޭ ޕްރިންސިޕަލް ސެކްރެޓަރީ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަމާޒަކީ ހުރިހާ ރައްޔިތުން ޝާމިލުވާގޮތަށް އިޤްތިޞާދީ ކުރިއެރުންތަކެއް ޙާޞިލުކުރުން ކަމަށެވެ. އަދި މި މަޤްޞަދު ޙާޞިލުކުރުމަށްޓަކައި، ސަރުކާރުން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް އޭޓީއެމްގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާކަން ފަހުމީ ވަނީ ފާހަގަކުރައްވާފައެވެ.

ހަމަ އެހެންމެ، މި މަސައްކަތުގެ ތެރެއިން، ސަރުކާރުން ކަށަވަރުކޮށްދެނީ ދަނޑުވެރިންނާއި، މަސްވެރިންނާއި، އަންހެނުންނާއި ޒުވާނުންގެ އިތުރުން ޖުމްލަކޮށް ހުރިހާ ދިވެހި ރައްޔިތުންނަށް، އެ ފަރާތްތަކުގެ އާމްދަނީއާއި، ދުޅަހެޔޮކަމާއި އަދި ޤަދަރުވެރިކަމާއެކު ދިރިއުޅުމުގެ ފުރުޞަތު ލިބިދެވޭނެކަން ކަމަށް ފަހުމީ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، މިއީ މުޅި ޤައުމުގައި ހަމަހަމަ ފުރުޞަތުތަކާއި، ކުރިއެރުމާއި އަދި އެއްބައިވަންތަކަން ޤާއިމުކުރުމަށް ސަރުކާރުން ގެންގުޅޭ އަސާސީ އުޞޫލެއްކަމަށް ފަހުމީ ވަނީ ވިދާޅުވެފައެވެ. ހަމަ މިއާއެކު، މި ސިޔާސަތުގެ ސަބަބުން، ކޮންމެ ރައްޔިތަކަށް ވެސް އެ ފަރާތެއްގެ އިޤްތިޞާދީ ޙަރަކާތްތަކުގައި ބައިވެރިވެ، ޤައުމުގެ ތަރައްޤީއަށް ހިއްސާވުމުގެ ފުރުޞަތު ފަހިވެގެންދާނެކަމަށް ފަހުމީ ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެކެވެ. ރައީސްގެ ވަޢުދާ އެއްގޮތަށް މި އަހަރުގެ ތެރޭގައި 100 ރަށެއްގައި މުޅިން އަލަށް އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ބީއެމްއެލްއިން ވަނީ ފަށާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން