Ads by Stelco

ޚަބަރު

ގައުމީ މުދައްރިސުން ބިނާކުރުމުގެ ޕްރޮގްރާމް: ޓީޗިން ހަދާ ފަރާތްތަކަށް ސްޓައިޕެންޑް ދޭން ހުޅުވާލައިިފި

ގައުމީ މުދައްރިސުން ބިނާކުރުމުގެ ޕްރޮގްރާމް: ޓީޗިން ހަދާ ފަރާތްތަކަށް ސްޓައިޕެންޑް ދޭން ހުޅުވާލައިިފި

ރާއްޖޭގެ މުދައްރިސުންގެ ވޯކްޝޮޕެއް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

24 ސެޕްޓެމްބަރު 2025، 08:45

24 ސެޕްޓެމްބަރު 2025، 08:45

މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމުގެ ދަށުން، ޕްރައިމަރީ ދިވެހި އަދި އިސްލާމް މާއްދާއިން ޓީޗިން ހަދާ ދަރިވަރުންނަށް ސްޓައިޕެންޑް ދިނުމަށް ތަޢުލީމީ ވުޒާރާއިން ހުޅުވާލައިފިއެވެ. މި ސްޓައިޕެންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ އޮކްޓޯބަރު މަހުގެ ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާކަމަށް ވުޒާރާއިން ވިދާޅުވެއެވެ.

މި ޕްރޮގްރާމަކީ ޘާނަވީ މަރުޙަލާ ނިންމާ ދަރިވަރުންނަށް އަމާޒުކޮށްގެން، މުދައްރިސްކަމުގެ ދާއިރާއަށް ވަންނަ ދަރިވަރުންގެ ޢަދަދު އިތުރުކޮށް، ތަމްރީނުވެފައިވާ، ފެންވަރު ރަނގަޅު، ދިވެހި މުދައްރިސުންތަކެއް ބިނާކުރުމުގެ މަޤްސަދުގައި ކުރިއަށްގެންދާ މަސައްކަތެކެވެ. ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދޭ މުދައްރިސުންނަކީ ދިވެހި މުދައްރިސުންނަށް ހެދުމަށްޓަކައި ގައުމީ ފެންވަރުގެ މުދައްރިސުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް އިފުތިތާހުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މިގޮތުން ދިވެހި މުދައްރިސުން ތަމްރީނުކުރުމުގެ ޚާއްސަ ޕްރޮގްރާމު އަންނަ މަހު އިފްތިތާހު ކުރައްވާނެކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވަނީ ވިދާޅުވެފައެވެ.

ތަޢުލީމީ ވުޒާރާއިން ވިދާޅުވީ، މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމުގެ ތެރެއިން ރާއްޖޭގެ ކޮލެޖް އަދި ޔުނިވަރސިޓީތަކުގައި ކަނޑައެޅޭ ދާއިރާތަކުން މުދައްރިސްކަމުގެ ފުރަތަމަ ޑިގްރީއަށް ކިޔަވާ ފަރާތްތަކަށް ސްޓައިޕެންޑްގެ ގޮތުގައި މަހަކު 1500 ރުފިޔާ ދޭން ހަމަޖެހިފައިވާކަމަށެވެ.

މި ސްޓައިޕެންޑް ދިނުމަށް ކަނޑައަޅާފައިވާ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ:

  • ދިވެހިރާއްޖޭގެ ޔުނިވަރސިޓީ ނުވަތަ ކޮލެޖެއްގައި އެންރޯލްވެ ކިޔަވަމުންދާ ފަރާތެއްކަމުގައިވުން.
  • ޕްރައިމަރީ އިސްލާމް ނުވަތަ ދިވެހި މާއްދާ ކިޔަވައިދިނުމަށް ތަމްރީނުވާ ކޯހަކަށްވުން.
  • ކޯހުގެ ކިޔެވުން ފަށާފައިވަނީ 1 ޖެނުއަރީ 2025ގެ ފަހުން ކަމުގައިވުން.
  • އުމުރުން 40 އަހަރަށްވުރެ ދޮށީ މީހަކަށް ނުވުން.

ތަޢުލީމީ ނިޒާމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ފެންވަރު ރަނގަޅު މުދައްރިސުން ދާއިރާގައި މަދުވުމެވެ. އެގޮތުން ޖުމްލަ 2400 އަށްވުރެ ގިނަ މުދައްރިސުން މިހާރުވެސް ދާއިރާއަށް ބޭނުންވާކަމަށާއި، ޚާއްސަކޮށް ޕްރައިމަރީ ގްރޭޑްތަކަށް ކިޔަވައިދޭން 250 މުދައްރިސުން ބޭނުންވާކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވަނީ ފާހަގަކުރައްވާފައެވެ. މި ޕްރޮގްރާމުގެ ސަބަބުން މި މައްސަލައަށް ހައްލެއް ލިބި، ދިވެހި ތަޢުލީމީ ދާއިރާ އިތުރަށް ހަރުދަނާވެގެންދާނެކަމަށް އުންމީދު ކުރެވެއެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން