ޚަބަރު
އައްޑޫ ސިޓީ ހިތަދޫގައި ހިންގި މާރާމާރީއެއްގައި މީހަކު ޒަޚަމްކޮށްލައިފި

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް/ފޮޓޯ: ވަގުތު
އައްޑޫ ސިޓީ، ހިތަދޫގައި ހިންގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޚަމްކޮށްލައިފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ހިތަދޫގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ރޭ ދަންވަރު 01:17 އެހައިކަންހާއިރު ކަމަށެވެ.
އެގޮތުން، އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ނޫރާނީ ސްކޫލު ކުރިމަތީގައި ހިންގާފައިވާ އެ މާރާމާރީގައި އަނިޔާވެފައިވަނީ އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އަދި އޭނާގެ ހަށިގަނޑުގެ ދެ ތަނަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާ ކަމަށާއި، މާރާމާރީގައި އަނިޔާވި އެ ފިރިހެން މީހާއަށް މިހާރު ފަރުވާދެމުން އަންނަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައިކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި މާރާމާރީގައި ޒަޚަމްވެފައިވާ މީހާއަށް ލިބިފައިވާ އަނިޔާތަކާއި، އޭނާގެ ޙާލު ސާފެއް ނުވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުޤީގު ކުރަމުންނެވެ.