ޚަބަރު
ރާއްޖެއިން 10 ވަނަ ފަހަރަށް "ބެސްޓް ސްޕާ ޑެސްޓިނޭޝަން" އެވޯޑް ހޯދައިފި

އަނަންތަރާ ރިސޯޓުގެ ސްޕާ--
ދިވެހިރާއްޖެއިން 10 ވަނަ ފަހަރަށް "އިންޑިއަން އޯޝަންސް ބެސްޓް ސްޕާ ޑެސްޓިނޭޝަން 2025" އެވޯޑް ހޯދައިފިއެވެ. މި އެވޯޑަކީ، ފަތުރުވެރިކަމުގެ އެންމެ ޝަރަފުވެރި އެވޯޑްތަކުގެ ތެރޭގައި ހިމެނޭ އެވޯޑެކެވެ.
ވިޒިޓް މޯލްޑިވްސްއިން މަޢުލޫމާތުދޭ ގޮތުގައި، މިއީ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި، ދުނިޔޭގައި އެންމެ ކުރިއަރާފައިވާ ވެލްނަސް އަދި ސްޕާ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ފައިތިލަ ސާބިތުކޮށްފައިވާކަމުގެ ރަމްޒެކެވެ.
މިއަހަރުގެ އެވޯޑްގައި ދިވެހިރާއްޖެއަށް ލިބިފައިވާ ސަރަޙައްދީ ޝަރަފުގެ އިތުރުން، ރާއްޖޭގެ ބައެއް ރިސޯޓުތަކަށް ވެސް އެކި ކެޓަގަރީތަކުން އެވޯޑުތައް ލިބިފައިވާކަމަށް ވިޒިޓް މޯލްޑިވްސް އިން ބުނެއެވެ. އެގޮތުން، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ބާބެއްގެ ގޮތުގައި ވެލްނަސް ދާއިރާއަށް ޚާއްޞަކުރެވިގެން ދެވޭ މި އެވޯޑް ރާއްޖެއިން ހޯދާފައި ވަނީ ސީޝެލްސް، މޮރީޝަސް ފަދަ ކުރިއަރާފައިވާ ވެލްނަސް މަންޒިލްތަކާ ވާދަކޮށްގެންކަމަށް ވިޒިޓް މޯލްޑިވްސް އިން ވަނީ ބުނެފައެވެ.
ވެލްނަސް ފަތުރުވެރިކަމުގެ މި އެވޯޑު ދެމުން އަންނަތާ 11 އަހަރު ވެފައިވާއިރު، ދިވެހިރާއްޖެއިން މި އެވޯޑް 10 ފަހަރެއްގެ މަތީން ވަނީ ހޯދާފައެވެ.