ޚަބަރު
ހުޅުމާލެގައި ދުއްވާފައި ދިޔަ ކާރެއްގައި އަލިފާން ރޯވެ، ގެއްލުންތަކެއް ލިބިއްޖެ

އަލިފާން ރޯވި ކާރު/ފޮޓޯ: އެމްއެންޑީއެފް
ހުޅުމާލެގެ ފުރަތަމަ ފިޔަވަހީގައި ދުއްވާފައި ދިޔަ ކާރެއްގައި އަލިފާން ރޯވެ، ގެއްލުންތަކެއް ލިބިއްޖެއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން ވިދާޅުވީ، ހުޅުމާލެ އަމިން އެވެނިއު ކައިރިން ދުއްވާފައިދިޔަ ކާރެއްގައި އަލިފާން ރޯވެގެން އުޅޭކަމުގެ މަޢުލޫމާތު ރޭ 22:48 ހާއިރު ލިބިފައިވާ ކަމަށެވެ.
އަދި މި ޙާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ. އެގޮތުން، ފަޔަރފައިޓަރުން ކުރި މަސައްކަތުން އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ ރޭ 23:18 ހާއިރުކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.
މި ޙާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ.