Ads by Stelco

ޚަބަރު

ހުޅުމާލޭގެ އެކި މަގުތަކުގެ 88 ސަރަޙައްދެއްގައި ސްޕީޑް ބަމްޕް ހަރުކުރުމުގެ މަސައްކަތް އެޗްޑީސީން ފަށައިފި

ހުޅުމާލޭގެ އެކި މަގުތަކުގެ 88 ސަރަޙައްދެއްގައި ސްޕީޑް ބަމްޕް ހަރުކުރުމުގެ މަސައްކަތް އެޗްޑީސީން ފަށައިފި

ސްޕީޑް ބަމްޕް ހަރުކުރުން/ފޮޓޯ: އެޗްޑީސީ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

24 ސެޕްޓެމްބަރު 2025، 11:04

24 ސެޕްޓެމްބަރު 2025، 11:04

ހުޅުމާލޭގެ އެކި މަގުތަކުގެ 88 ސަރަޙައްދެއްގައި ސްޕީޑް ބަމްޕް ހަރުކުރުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ފަށައިފިއެވެ.

އެޗްޑީސީން ވިދާޅުވީ، މިއީ ހުޅުމާލޭގެ މަގުތަކަކީ އެކްސިޑެންޓް މަދު އަދި ރައްކާތެރި ތަނަކަށް ހެދުމަށް އެ ކޯޕަރޭޝަނުން ކުރަމުން އަންނަ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށެވެ. ހަމަ އެހެންމެ، މި މަސައްކަތަކީ ހުޅުމާލޭގެ ބައެއް މަގުތަކުގައި ޓްރެފިކް ބާރު ބޮޑުވެ، އެކްސިޑެންޓްތައް ހިނގުން މަދުކުރުމާއި، ހުޅުމާލޭގެ މަގުތަކަކީ ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ހުޅުމާލޭގެ ޓްރެފިކް ފްލޯއަށް ބަދަލުގެނައުމަށް އެޗްޑީސީން ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްދާ މަސައްކަތެއްކަމަށް އެޗްޑީސީން މަޢުލޫމާތުދެއެވެ.

އެޗްޑީސީން އިތުރަށް ވިދާޅުވީ، މި މަސައްކަތުގެ ތެރެއިން، ހުޅުމާލޭގެ އެކި މަގުތަކުގެ 88 ސަރަޙައްދެއްގައި ސްޕީޑް ބަމްޕް ހަރުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އެގޮތުން، މިވަގުތު މަސައްކަތް ކުރިއަށްދަނީ ހުޅުމާލޭ ފޭސް 2 ގެ ނިރޮޅުމަގު ސަރަޙައްދުގައި ކަމަށް އެކޯޕަރޭޝަނުން މަޢުލޫމާތުދެއެވެ. އަދި މި މަސައްކަތް އެއްކޮށް ނިމުމުން ހުޅުމާލޭގެ މަގުތަކުގައި ބާރު ސްޕީޑުގައި ވެހިކަލްތައް ދުއްވުން މަދުވެ، ވެހިކަލްތަކާއި، ހިނގާ މީހުންނަށް ވެސް ހުޅުމާލޭގެ މަގުތަކަކީ އަމާން އަދި ރައްކާތެރި ތަނަކަށް ވެގެންދާނެކަން އެޗްޑީސީން ވަނީ ފާހަގަކުރައްވާފައެވެ.

ހުޅުމާލޭގެ މަގުތަކަކީ އެކްސިޑެންޓް މަދު އަދި ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި، ފުލުހުންނާއި އެޗްޑީސީގެ ޑޭޓާތަކަށް ބެލުމަށްފަހު، ބައެއް ސަރަހައްދުތަކުގައި ވައްބުރު (ރައުންޑެބައުޓްސް) ޤާއިމްކޮށް ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ފަށާފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. އަދި ހުޅުމާލެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ލުއިފަސޭހަ ގޮތްތައް މަގުފަހިކޮށްދިނުމަށް އެޗްޑީސީން އަންނަނީ އަބަދުވެސް މަސައްކަތް ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން