Ads by Stelco

ޚަބަރު

ދިވެހިރާއްޖެއާއި އެސްޓޯނިއާ ގުޅިގެން ޑިޖިޓަލް ޓްރާންސްފޯމޭޝަންއާ ގުޅޭ އިވެންޓެއް ބާއްވައިފި

ދިވެހިރާއްޖެއާއި އެސްޓޯނިއާ ގުޅިގެން ޑިޖިޓަލް ޓްރާންސްފޯމޭޝަންއާ ގުޅޭ އިވެންޓެއް ބާއްވައިފި

މި ސައިޑް އިވެންޓުގެ ތެރެއިން/ފޮޓޯ: ޚާރިޖީ ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

23 ސެޕްޓެމްބަރު 2025، 12:23

23 ސެޕްޓެމްބަރު 2025، 12:23

އދ. ގެ ޢާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ހަވާސާގައި ދިވެހިރާއްޖެއާއި އެސްޓޯނިއާ ގުޅިގެން "ޑިޖިޓަލް ޓްރާންސްފޯމޭޝަން ފޮރ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް" ގެ ނަމުގައި ސައިޑް އިވެންޓެއް މިއަދު ބާއްވައިފިއެވެ.

މި ސައިޑް އިވެންޓުގައި، ޚާރިޖީ ވަޒީރު ޑރ. ޢަބްދުالله ޚަލީލް ވަނީ ތަޤްރީރު ކުރައްވާފައެވެ. މި ތަޤުރީރުގައި ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ސަބަބުން ދެމެހެއްޓެނިވި ތަރައްޤީ ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި ދިވެހިރާއްޖޭގައި އިންވެސްޓް ކުރުމަށް އެހެން ޤައުމުތަކަށާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކަށާއި، ޕްރައިވެޓް ސެކްޓަރަށް ވަޒީރު ވަނީ ދަޢުވަތު ދެއްވާފައެވެ. މީގެ އިތުރުން، 'މޯލްޑިވްސް 2.0' މަގުޗާޓުގެ މަޤްޞަދަކީ، ދުނިޔޭގެ "ބެސްޓް ޕްރެކްޓިސަސް" ދިވެހިރާއްޖޭގައި ތަންފީޒުކުރުމަށް މަގުފަހިކޮށްދިނުން ކަމުގައި ވަޒީރު ވިދާޅުވިއެވެ.

މި ސައިޑް އިވެންޓްގައި މި މަޢުޟޫއާއި ގުޅޭގުތުން ޕެނަލްޑިސްކަޝަނެއް ކުރިއަށް ގެނގޮސްފައިވާއިރު، މި ޕެނަލް ޑިސްކަޝަން މޮޑަރޭޓް ކޮށްދެއްވީ އެވުޒާރާގެ ޖޮއިންޓް ސެކްރެޓަރީ މަރިޔަމް މިދްފާ ނައީމު އެވެ. އަދި މި ޕެނަލްގައި ޔުނައިޓަޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގެ ހެޑް އޮފް ޑިޖިޓަލް ޕާޓްނަރޝިޕްސް އެންޑް އެންގޭޖްމަންޓް ޔޫ ޕިންގ ޗެން، ވޯލްޑް ބޭންކް ގްރޫޕްގެ ގްލޯބަލް ޑިރެކްޓަރ އެންޑް ޑިރެކްޓަރ އޮފް ސްޓްރެޓަގީ އެންޑް އޮޕަރޭޝަންސް، ޑިޖިޓަލް ވައިސް ޕްރެޒިޑަންސީ އައިޑާ ސްވަރެޔީ ރިޑިހޫ، އެސްޓޯނިއާގެ ޑެޕިއުޓީ މިނިސްޓަރ ފޮރ ގްލޯބަލް އެފެއާޒް  މީނާ-ލީނާ ލިންޑް އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑިޖިޓަލް ޓްރާންސްފޯރމޭޝަން ސްޓްރެޓެޖިސްޓް ސިޔާހް ޚަލީލް ބައިވެރިވަޑައިގެންވިއެވެ.

ޚާރިޖީ ވުޒާރާއިން ވިދާޅުވީ، މި އިވެންޓަކީ އދ. ގެ 79 ވަނަ ޢާންމު މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު  މުޢިއްޒު އިޢުލާނުކުރެއްވި ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީގެ ތަޞައްވުރާއި އެއްގޮތްވާ ގޮތުގެ މަތިން، ވަކިން ޙާއްސަކޮށް 2040 ވަނަ އަހަރު ދިވެހިރާއްޖެއަކީ ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް ވުމަށް ކުރަމުންދާ މަސައްކަތަށް ބާރުދިނުމުގެ ގޮތުން ބޭއްވުނު ސައިޑް އިވެންޓެއް ކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން