Ads by Stelco

ޚަބަރު

ސަޢޫދީ އަރަބިއްޔާގެ ޤައުމީ ދުވަހުގެ ތަހުނިޔާ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފޮނުއްވައިފި

ސަޢޫދީ އަރަބިއްޔާގެ ޤައުމީ ދުވަހުގެ ތަހުނިޔާ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފޮނުއްވައިފި

ނައިބު ރައީސް، ސައުދީ އެމްބެސެޑަރ އާއި ބައްދަލުކުރެއްވުން/ފޮޓޯ: ރައީސް އޮފީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

23 ސެޕްޓެމްބަރު 2025، 12:23

23 ސެޕްޓެމްބަރު 2025، 12:23

ސަޢޫދީ އަރަބިއްޔާގެ ޤައުމީ ދުވަހުގެ ތަހުނިޔާ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފް ފޮނުއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ސަޢޫދީ އަރަބިއްޔާގެ ޤައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވާފައިވަނީ، އެމަނިކުފާނުގެ ރަސްމީ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެމަނިކުފާނު ވިދާޅުވީ، ސަޢޫދީ އަރަބިއްޔާގެ ސަރުކާރަށާއި އަޚުވަންތަ ރައްޔިތުންނަށް އެޤައުމުގެ ޤައުމީ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާ ކަމަށެވެ. ހަމަ އެހެންމެ، އެޤައުމުގެ ދެމެހެއްޓެނިވި ޞުލްޙައާއި، ފާގަތިކަމަށް އަބަދުވެސް އެދިވަޑައިގަންނަވާކަން ފާހަގަކުރައްވާ އެމަނިކުފާނު ވަނީ، ދިވެހިރާއްޖެއާއި ސަޢޫދީގެ  ރައްޔިތުންގެ މެދުގައިވާ ގާތް އަޚްވަންތަ ގުޅުން މުސްތަޤުބަލުގައި އިތުރަށް ވަރުގަދަވެގެންދާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައެވެ.

ސަޢޫދީ އަރަބިއްޔާއިން މިއަދު ފާހަގަކުރަމުންދަނީ، އެޤައުމުގެ 95 ވަނަ ޤައުމީ ދުވަހެވެ. މި ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން