ޚަބަރު
އިންޑިއާގެ ކާގޯ ބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު އެމްއެންޑީއެފުން ހޯދަނީ

ކަނޑަށް ވެއްޓުނު ސަރަޙައްދު--
އިންޑިއާގެ ކާގޯ ބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފިއެވެ.
މޯލްޑީވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން ވިދާޅުވީ މި ޙާދިސާގެ މަޢުލޫމާތު ލިބިފައިވަނީ ރޭ 23:35 ހާއިރު ކަމަށެވެ.
އެމްއެންޑީއެފުން ވިދާޅުވީ، ވިލިމާލެއާ ދިމާލު ބޭރުގައި އޮތް އިންޑިއާގެ ކާގޯ ބޯޓު "އެމްއެސްވީ ޑައުލާ"އިން އިންޑިއާގެ ރައްޔިތަކު ކަނޑަށް ވެއްޓިގެން އުޅޭކަމުގެ މަޢުލޫމާތު ލިބުމާއެކު އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އަދި އެމީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ކުރަމުން އަންނަކަމަށް ވަނީ ވިދާޅުވެފައެވެ.
ރެއިން ފެށިގެން މިހާތަނަށް ހޯދުނު ހޯދުމުން އެމީހާގެ އެއްވެސް ނިޝާނެއް ފެނިފައިނުވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.