Ads by Stelco

ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޢިއްޒު، މުލަކަތޮޅު މުއްޔަށް މިއަދު ވަޑައިގަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޢިއްޒު، މުލަކަތޮޅު މުއްޔަށް މިއަދު ވަޑައިގަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޢިއްޒު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

22 ސެޕްޓެމްބަރު 2025، 06:47

22 ސެޕްޓެމްބަރު 2025، 06:47

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މުލަކަތޮޅު މުއްޔަށް މިއަދު ވަޑައިގަންނަވައިފިއެވެ. އެ މަނިކުފާނު މި ދަތުރުފުޅު ކުރައްވަނީ، ފެލިދެއަތޮޅާއި، މުލަކަތޮޅާއި، ނިލަންދެއަތޮޅު އުތުރުބުރި އަދި ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ ޖުމްލަ 31 ރަށަށް ކުރައްވާ ދަތުރުފުޅެއްގެ ފެށުމުގެ ގޮތުގައެވެ.

މުއްޔަށް ވަޑައިގެންނެވުމުން، އެރަށުގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ މ. މުއްޔަށް ވަޑައިގެންނެވުމުން، އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ޢާންމު ރައްޔިތުން ހިމެނޭހެން ގިނަ ބަޔަކު ބަނދަރު ސަރަހައްދުން ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ރައްޔިތުންގެ ފަރާތުން ފެނުނީ އުފާވެރި މަންޒަރެކެވެ.


ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، މުލީ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި، އެ ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމުގެ އިތުރުން، ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

 މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެރަށުގެ ރައްޔިތުންނާ ސީދާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.


މި ދަތުރުފުޅަކީ، ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރައްވައި، އަތޮޅުތަކާއި ރަށްރަށާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން، އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ މައިގަނޑު މަޤުޞަދަކީ ރައްޔިތުންގެ އަޑުއައްސަވައި، އެބޭފުޅުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައި ދެއްވުމެވެ.


ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެ މަނިކުފާނުގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންގެ މައްޗަށް އެކުލެވިގެންވާ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން