Ads by Stelco

ޚަބަރު

3 ޤައުމަކުން ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައިގަތުމުން ދިވެހިރާއްޖެއިން މަރުޙަބާ ކިޔައިފި

3 ޤައުމަކުން ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައިގަތުމުން ދިވެހިރާއްޖެއިން މަރުޙަބާ ކިޔައިފި

ޚާރިޖީ ވުޒާރާ--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

22 ސެޕްޓެމްބަރު 2025، 02:21

22 ސެޕްޓެމްބަރު 2025، 02:21

3 ޤައުމަކުން ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައިގަތުމުން ދިވެހިރާއްޖެއިން މަރުޙަބާ ކިޔައިފި އެވެ.

ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ވިދާޅުވީ، އިނގިރޭސިވިލާތާއި، ކެނެޑާ އަދި އޮސްޓްރޭލިއާއިން ރަސްމީކޮށް ފަލަސްޠީނުގެ ދައުލަތް ބަލައިގަތުމުން އެކަމަށް މަރުހަބާ ކިޔާކަމަށެވެ.

އެ ވުޒާރާއިން އިތުރަށް ބުނީ، މި ޤައުމުތަކުން ފަލަސްޠީނުގެ ދައުލަތް ބަލައިގަތުމަކީ، މި ސަރަޙައްދުގެ ސުލްހައާއި ހަމަޖެހުމަށް ލިބިގެންދިޔަ ކުރިއެރުމެއްކަމަށް ފާހަގަކުރައްވާ ކަމަށެވެ. ހަމަ އެހެންމެ، މިކަމުގެ ސަބަބުން ފަލަސްޠީނުގެ ރައްޔިތުންނަށް ޞުލްޙަވެރިކަމާއި އަބުރުވެރިކަމާއެކު ދިރިއުޅުމުގެ ފުރުޞަތު ލިބި، ރައްކާތެރިކަން ކަށަވަރުކޮށްދިނުމާ މެދު ޤައުމުތަކުގެ މެދުގައި ޚިޔާލު އެއްގޮތްކަން ހާމަވާކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

މި ބަޔާނުގައި ވަނީ، މިހާތަނަށް ފަލަސްޠީނުގެ ދައުލަތް ބަލައިގަނެފައި ނުވާ ޤައުމުތަކުންވެސް އެ ޤައުމުގެ ރައްޔިތުންގެ މިނިވަން މުސްތަޤިއްލު ދައުލަތެއް ޤާއިމްކުރުމަށް ކުރަމުންދާ މަސައްކަތަށް އެއްބާރުލުންދިނުމަށް ގޮވާލަލައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން