Ads by Stelco

ޚަބަރު

ދިއްދޫއަށް ދަތުރުކުރަމުން ދަނިކޮށް ފަރަށް އެރި ބޯޓު ފުންކޮށްފި

ދިއްދޫއަށް ދަތުރުކުރަމުން ދަނިކޮށް ފަރަށް އެރި ބޯޓު ފުންކޮށްފި

ފަރަށް އެރި ބޯޓު/ފޮޓޯ: އެމްއެންޑީއެފް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

22 ސެޕްޓެމްބަރު 2025، 12:08

22 ސެޕްޓެމްބަރު 2025، 12:08

މާލެއިން ފުރައިގެން ހއ. ދިއްދޫއަށް ދަތުރުކުރަމުން ދަނިކޮށް ފަރަށް އެރި ބޯޓު ފުންކޮށްފި އެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން ވިދާޅުވީ، ދިޔަވަރު ބޮޑުވުމުން "މެގަ ހޯރަ" ބޯޓު، އެހެން ދެ އުޅަނދެއްގައި ކަފުޖަހައިގެން މިއަދު 09:35 ހާއިރު ވަނީ ފުންކޮށްފައިވާ ކަމަށެވެ. އަދި މި ޙާދިސާގައި، އެ ބޯޓުގައި ތިބި އެއްވެސް މީހަކަށް އަދި ބޯޓަށް ވެސް ގެއްލުމެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

މާލެއިން ފުރައިގެން ހއ. ދިއްދޫއަށް ދަތުރުކުރަމުން ދިޔަ "މެގަ ހޯރަ" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއް، ނ. ވަވަތިކުރޮޅިއަށް ފަރަށް އަރައިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން ވަނީ ޙަރަކާތްތެރިވެފަ  އެވެ. 61 މީހުންނާ އެކު ދަތުރުކުރަމުން ދިޔަ 98 ފޫޓްގެ މި ބޯޓު  ފަރަށް އަރާފައިވަނީ ރޭގެ ވަގުތެއްގައެވެ. މި ޙާދިސާއާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ހާބަރކްރާފްޓް ލޯންޗެއް ޑައިވަރުންނާ އެކު އެ ސަރަޙައްދުގައި ވަނީ ޙަރަކާތްތެރިވެފައެވެ.

ހަމަ އެހެންމެ، ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީ ވެސް އެ ސަރަޙައްދުގައި ހަރަކާތްތެރިވެފައިވާ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން