Ads by Stelco

ޚަބަރު

އެމްޑީޕީން ވެރިކަމުން ފައިބައިގެން ދިޔައިރު ގިނަ ރަށްތަކުގެ ތަރައްޤީ ހުރީ ޖެހިކަޑަވެސް ނުފެންނަ ހިސާބުގައި: ވަޒީރު ސަޢީދު

އެމްޑީޕީން ވެރިކަމުން ފައިބައިގެން ދިޔައިރު ގިނަ ރަށްތަކުގެ ތަރައްޤީ ހުރީ ޖެހިކަޑަވެސް ނުފެންނަ ހިސާބުގައި: ވަޒީރު ސަޢީދު

ރައީސުލްޖުމްހޫރިއްޔާ އަދި ވަޒީރު ސަޢީދު/ފޮޓޯ: ސަން އޮންލައިން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

21 ސެޕްޓެމްބަރު 2025، 03:54

21 ސެޕްޓެމްބަރު 2025، 03:54

އެމްޑީޕީން ވެރިކަމުން ފައިބައިގެން ދިޔައިރު ގިނަ ރަށްތަކުގެ ތަރައްޤީ ހުރީ ޖެހިކަޑަވެސް ނުފެންނަ ހިސާބުގައިކަމަށް އިޤްތިޞާދީ ތަރައްޤީއާ ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނާ ގާތުން މަސައްކަތް ކުރެއްވުމަށް އަތޮޅުތެރޭގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުތަކާއި ގުޅޭގޮތުން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ.

ވަޒީރު ސަޢީދު ވިދާޅުވީ، މާލޭގައި މަޑުނުކުރައްވާ ރައްޔިތުންގާތަށް ރައީސް ވަޑައިގަންނަވާ، އޭޓީއެމް ހުޅުވުމާއި އެހެނިހެން މަޝްރޫޢުތައް  ވެސް ކުރިއަށް ގެންދަވާ ކަމަށެވެ. އަދި މި ސަރުކާރުގައި ޤައުމު ލީޑުކުރަން މިހާރު މިއޮތީ މިޤައުމުގައި ބްރިޖް ވެސް އަޅާ، 2 ވަނަ ރަންވޭ އަޅާ، A380 މަރުކާގެ ބޯޓު އައުރަންވޭއަށް ޖައްސުވާ، އެއާޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، 25 ބުރީގެ އުސް އިމާރާތްތައް އެޅި ޓީމްކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ވަކި ކަމެއްގެ ކުޑަބޮޑު މިނެއް ބެލުމެއް ނެތި ރައްޔިތުންނަށް ބޭނުންޖެހިފައިވާ އެއްވެސްކަމެއް ކުރުމުގައި ރައީސްގެ ޓީމު ފަހަތަކަށް ނުޖެހޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑއިގެންނެވި އިރު މި ޤައުމު ދަރުވާލާފައި އޮތީ ފިތްކަނޑައިގެން ދާ ވަރަށް ކަމަށެވެ. ހަމަ އެއާއެކު، ސެޓްލްމަންޓް އެގްރީމެންޓުގެ ނަމުގައި ދައުލަތުގެ ބަޖެޓުން 2 ބިލިއަން ރުފިޔާ ނަގާފައިވާއިރު، ދަރަނި ދައްކަން ސޮވަރިންގ ފަންޑަށް މިލިއަނުން ޖަމާވަމުން ދިޔަ ޑޮލަރުވެސް އެމްޑީޕީ ސަރުކާރުން ނަގާ ބޭނުންކޮށްލީކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް، މި ހުރިހާ ކަމަކަށްފަހު ވެސް ދެރައީ އެމްޑީޕީން ނިކުމެ، ލޫޓުވާ ވާހަކަ ދައްކާތީކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

5 އަހަރު ވާންދެން 'އަންނަނީ އަންނަނީ' ބޯޑު އަޅުވައިގެން ވެރިކަން ކުރި ބަޔަކު ފައިބައިގެން ދިޔައީމާ، ގިނަ ރަށްތަކުގެ ތަރައްޤީ ވެސް ހުރީ ޖެހިކަޑަވެސް ނުފެންނަ ހިސާބުގަ. އަދި ދީފަވެސް ހުރީ ނުއަގުގަ.

ވަޒީރު ސަޢީދު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ކަންކަން ހަމަމަގަށް އަޅުވާ، އެމަސައްކަތްކޮށް، މުޅި ރާއްޖެއަށް އަނެއްކާވެސް ތަރައްޤީ ގެނަސްދޭނީ ޕީއެންސީއާއި، ރައީސް ޑރ. މުޢިއްޒުގެ ލީޑަރޝިޕުން ކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން