Ads by Stelco

ޚަބަރު

ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއެކު ކ. ކާށިދޫއިން 2 މީހަކު ހައްޔަރުކޮށްފި

ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއެކު ކ. ކާށިދޫއިން 2 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި ދެ މީހުން: ފޮޓޯ/ފުލުހުން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

21 ސެޕްޓެމްބަރު 2025، 02:31

21 ސެޕްޓެމްބަރު 2025، 02:31

ދިވެހި ފުލުހުންގެ ޚިދުމަތުން މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގައި ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއެކު ކ. ކާށިދޫއިން 2 މީހަކު ހައްޔަރުކޮށްފި އެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ، ކ. ކާށިދޫ / ސާދާގެ، އަޙްމަދު ފިރާގު (46އ) އާއި ކ. ކާށިދޫ / ޝަރަފް، ސާލިމް ނަޞީރު (43އ) އެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މިމަހުގެ 7 ވަނަ ދުވަހު މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެދެމީހުން ހައްޔަރުކޮށްފައި ވަނީ މިމަހުގެ 18 ވަނަ ދުވަހުރޭގެ ވަގުތެއްގައި ކާށިދޫ އުތުރު އަވަށު ވަލުތެރެއިން ކަމަށެވެ. އަދި  އެދެމީހުން ހައްޔަރުކޮށް، އެމީހުންގެ ހަށިގަނޑާއި އެމީހުން އެވަގުތު ތިބިތަން ބަލައިފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 110 ރަބަރު ޕެކެޓް ފެނިފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. މިތަކެތީގެ ވަގުތީ ބަރުދަނަކީ 10.6 ގްރާމެވެ. 

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަޙްމަދު ފިރާޤަށް 7 ދުވަހުގެ މުއްދަތެއް އަދި ސާލިމް ނަޞީރަށް ވަނީ 10 ދުވަހުގެ މުއްދަތެއް ދީފައެވެ. 

މިމައްސަލަ ކާށިދޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ އިތުރަށް ތަހުޤީގު ކުރަމުންނެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން