Ads by Stelco

ޚަބަރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ "ކޮވެލި" ލައުންޖް ހުޅުވައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ "ކޮވެލި" ލައުންޖް ހުޅުވައިފި

"ކޮވެލި" ލައުންޖް ހުޅުވުން/ފޮޓޯ: އެމްއޭސީއެލް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

19 ސެޕްޓެމްބަރު 2025، 02:23

19 ސެޕްޓެމްބަރު 2025، 02:23

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އަލަށް ހުޅުވި ޓާމިނަލް (ޓާމިނަލް 1) ގެ "ކޮވެލި ލައުންޖް" އިއްޔެ ހުޅުވައިފިއެވެ.

މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ލައުންޖް ހުޅުއްވައިދެއްވީ، އިޤްތިޞާދީ ތަރައްޤީއާ ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު އާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް މުހައްމަދު ޝަރީފުއެވެ. މި ރަސްމިއްޔާތުގައި، އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފު އާއި، މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާންގެ އިތުރުން، ކުންފުނީގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުންނާއި، އިކޮނޮމިކް މިނިސްޓްރީގެ އިސްވެރިންނާއި، އެއާލައިންތަކުގެ އޮފިޝަލުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، ރާއްޖޭގެ އިޤުތިޞާދުގެ މައިތަނބު ކަމަށްވާ ޓޫރިޒަމްގެ މައިބަނދައަކީ ދަތުރުފަތުރާއި ދިވެހިންގެ މެހެމާންދާރީ ކަމަށްވާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ އެ ހުރިހާ ސިނާޢަތްތައް ހިފަހައްޓާ ތަނބު ކަމަށެވެ. އެހެންކަމުން، އެއާޕޯޓު ތަރައްޤީކޮށް ޒީނަތްތެރިކޮށް,،ދިވެހި އިޤުތިޞާދާއި ރާއްޖޭގެ މޫނުމަތި ޕޮޒިޓިވްކޮށް ހިފެހެއްޓުމަށް އެމްއޭސީއެލްގެ މުވައްޒަފުން ކުރައްވަމުން ގެންދަވަނީ ވަރަށް ބޮޑު ޤައުމީ މަސައްކަތެއް ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލުން ވިދާޅުވީ، ޒަމާނީ ގިނަ ވަޞީލަތްތަކާއެކު ފަސިންޖަރުންނަށް ތަފާތު ތަޖުރިބާތަކެއް ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މި އައު ލައުންޖުގައި ކުޑަކުދިން ކުޅޭނެ ޖާގައަކާއި ބުފޭ ސާވިސްއަށް ޚާއްޞަ ތަނެއް ހަދާފައިވާ ކަމަށެވެ، މީގެ އިތުރުން، ފެންވަރާލެވޭ ގޮތަށް ޚާއްޞަ ފެސިލިޓީތައް ވެސް މި ލައުންޖުގައި ހަދާފައިވާކަމަށް އެމްއޭސީއެލުން މަޢުލޫމާތުދެއެވެ. އަދި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށާއި ބޭބީ ކެއާއަށް ޚާއްޞަ ކޮޓަރިތައް ވެސް މިތާނގައި ހިމެނޭކަމަށް އެމްއޭސީއެލުން ވަނީ ވިދާޅުވެފައެވެ.

ވީއައިއޭގެ ޓާމިނަލް 1 ގެ ދެވަނަ ފަންގިފިލާގައި ހަދާފައިވާ މި ލައުންޖަކީ 1,230 އަކަމީޓަރު ބޮޑު ތަނެކެވެ. މިތަނުން އެއްފަހަރާ 270 މީހުންނަށް ޚިދުމަތް ދެވޭނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން