ޚަބަރު
ޝަހީބު އިބްރާހީމް އަމިއްލައަށް ފުލުހަށް ހާޒިރުވުމުން ހައްޔަރުކޮށްފި

ޝަހީބު އިބްރާހީމް/ފޮޓޯ: ފުލުހުން
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ހޯދަމުން ދިޔަ ޝަހީބު އިބްރާހީމް (47އ) އަމިއްލައަށް ފުލުހަށް ހާޒިރުވުމުން އޭނާ ހައްޔަރު ކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް ހޯދަމުން ދިޔަ ޝަހީބް އިބްރާހިމް ރޭ އަމިއްލައަށް ފުލުހުންގެ މައި މަރުކަޒަށް ހާޒިރުވުމުން މިހާރު އޭނާ ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ފުލުހުން އޭނާ ހައްޔަރުކޮށްފައި ވަނީ، ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ، ޝަހީބް އިބްރާހިމް ހާޒިރުކުރެވިފައިނުވާތީ އޭނާ ބަންދުގައި ބަހައްޓައިގެން މިމަހުގެ 14 ވަނަ ދުވަހުގެ 18:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.