Ads by Stelco

ޚަބަރު

ބާސެލޯ ނަސަންދުރަ ކައިރީގައި ރޯވި އަލިފާން ނިއްވާލައިފި

ބާސެލޯ ނަސަންދުރަ ކައިރީގައި ރޯވި އަލިފާން ނިއްވާލައިފި

އަލިފާން ނިއްވުމުގައި ޙަރަކާތްތެރިވަނީ/ފޮޓޯ: އެމްއެންޑީއެފް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

18 ސެޕްޓެމްބަރު 2025، 12:25

18 ސެޕްޓެމްބަރު 2025، 12:25

މާލޭގައި ހުންނަ ބާސެލޯ ނަސަންދުރަ ކައިރީގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ނިއްވާލައިފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން ވިދާޅުވީ، އަލިފާން ރޯވެފައިވަނީ ބާސެލޯ ނަސަންދުރަ ކައިރީގައި އެއްކޮށްފައި ހުރި ކުނިތަކެއްގައި ކަމަށެވެ.

އެމްއެންޑީއެފުން އިތުރަށް ވިދާޅުވީ، މި ޙާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ މިއަދު ހެނދުނު 10:38 ހާއިރު ކަމަށެވެ. އަދި ޙާދިސާގެ މަޢުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުން އެ ސަރަޙައްދަށް ގޮސް، ރޯވި އަލިފާން ނިއްވާލާފައިވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ. އެގޮތުން، ކުނިތަކުގައި ރޯވި އަލިފާން ނިއްވާލެވުނީ މިއަދު 10:49 ހާއިރުއެވެ.

މި ޙާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން