Ads by Stelco

ޚަބަރު

މަޖިލީހަށް ހާޒިރުވާ މެހެމާނުން ޢަމަލުކުރާނެ އުސޫލެއް މަޖިލީހުގެ ޤަވާއިދުގައި ހިމަނަނީ

މަޖިލީހަށް ހާޒިރުވާ މެހެމާނުން ޢަމަލުކުރާނެ އުސޫލެއް މަޖިލީހުގެ ޤަވާއިދުގައި ހިމަނަނީ

މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 ސެޕްޓެމްބަރު 2025، 10:50

17 ސެޕްޓެމްބަރު 2025، 10:50

ރައްޔިތުންގެ މަޖިލީހަށް ހާޒިރުވާ މެހެމާނުން ޢަމަލުކުރާނެ އުސޫލުތަކެއް އެކުލަވާލައި، އެ އުސޫލުތަކާ ޚިލާފުވާ ފަރާތްތަކާމެދު އަޅާނެ ފިޔަވަޅުތައް މަޖިލީހުގެ ޤަވާއިދުގައި ހިމެނުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ނިންމާފައެވެ. 

މި ނިންމުން ނިންމާފައިވަނީ ދައުރުން ބޭރުގައި މީޑިއާ ރެގިއުލޭޝަން ބިލު ފާސްކުރުމަށް ބޭއްވި ޖަލްސާގައެވެ.

މި ނިންމުން ނިންމަން ޖެހުނު މައިގަނޑު ސަބަބަކީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގައި "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން" ބިލު ދިރާސާކުރަމުންދިޔައިރު، ކޮމެޓީއަށް ހާޒިރުވި ބައެއް މީޑިއާ ފަރާތްތަކުން އިހުތިޖާޖުކޮށް، ކޮމެޓީގެ މަސައްކަތަށް ހުރަސްއެޅޭ ފަދަ ޢަމަލުތަކެއް ހިންގުމެވެ.

މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވި ގޮތުގައި، މަޖިލީހުގެ ކޮމެޓީގެ މަސައްކަތަށް ހުރަސްއެޅި ފަރާތްތަކުގެ މައްސަލަ ސާޖެންޓް އެޓް އާމްސް ވަނީ ރިޔާސަތަށް ހުށަހަޅާފައެވެ. އަދި މި މައްސަލަ ދިރާސާކުރުމަށް އާންމު ކޮމެޓީއަށް ފޮނުވުމަށް ވަނީ ނިންމާފައެވެ.

"މިއީ މިފަދަ ކަމެއް ކުރިމަގުގައި ތަކުރާރުވިޔަ ނުދިނުމަށްޓަކައި މަޖިލީހުގެ ޤަވާއިދު އިސްލާހުކޮށް، މެހެމާނުންގެ ގޮތުގައި ހާޒިރުވާ ފަރާތްތަކުން ޢަމަލުކުރަންވީ ގޮތުގެ އުސޫލުތައް ކަނޑައެޅުމަށް ދެވޭ އިރުޝާދެއް،" ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، ކޮމެޓީގެ ބައްދަލުވުމުގައި ދެ މެންބަރެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި ކޮމެޓީގެ ސައުންޑް ސިސްޓަމަށް ގެއްލުން ލިބިފައިވާތީ، އެ މައްސަލަ މަޖިލީހުގެ ސުލޫކީ ކޮމެޓީއަށް ފޮނުވުމަށްވެސް ވަނީ ނިންމާފައެވެ.

މީޑިއާ ރެގިއުލޭޝަން ބިލުގެ މަސައްކަތް ކުރިއަށްދިޔައިރު އިދިކޮޅު ފަރާތްތަކާއި ބައެއް މީޑިއާތަކުން އިހުތިޖާޖުކުރި ނަމަވެސް، މިހާރު ވަނީ އެ ބިލު ފާސްކޮށް ނިމިފައެވެ.

 

 

 

 

Ads by MSS

މި ލިޔުން ކިޔާލުމުން