Ads by Stelco

ޚަބަރު

މަސްތުވާތަކެއްޗާ އެކު ކ. ކާށިދޫއިން ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ އެކު ކ. ކާށިދޫއިން ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި ދެ މީހުން: ފޮޓޯ/ފުލުހުން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

16 ސެޕްޓެމްބަރު 2025، 03:27

16 ސެޕްޓެމްބަރު 2025، 03:27

ދިވެހި ފުލުހުންގެ ޚިދުމަތުން މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާ އެކު ކ. ކާށިދޫއިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި އޮޕަރޭޝަނުގެ ތެރެއިން، ކާށިދޫގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މީހުން އަދި ތަންތަން ބަލައިފާސްކޮށްފައިވާ ކަމަށެވެ. އެގޮތުން، ކެފޭ އުސޫލުން މަސްތުވާތަކެތި ވިއްކާ ކަމަށް ތުހުމަތުކުރެވޭ ތިން ތަނެއް މިހާތަނަށް ބަލައިފާސްކުރުމަށްފަހު މިތަންތަން ވަނީ ބަންދުކޮށްފައިކަމަށް ފުލުހުން ވިދާޅުވިއެވެ.

މީގެ އިތުރުން، ކާށިދޫއަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތި ވިއްކައި ވިޔަފާރިކޮށް އަދި ބޭނުންކުރާކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފަފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އެގޮތުން، މާލެއިން ކާށިދޫއަށް މަސްތުވާތަކެތި އެތެރެކުރާ ކަމަށް ލިބުނު މަޢުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި، މާލެ / މ. ނަލަހިޔާމަންޒިލް، ޙަސަން މުނާޒް (40އ) އާއި މާލެ / މ. ބިންއުނިމާގެ، އިބްރާހީމް ޒައިދު (46އ) ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން ވިދާޅުވީ މިމީހުން ހައްޔަރުކޮށްފައިވަނީ، އެ ރަށު މަގުމަތިން މި ދެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާތީ ކަމަށެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 9.27 ގުރާމެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުޤީގު ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން