Ads by Stelco

ޚަބަރު

އިމާމުންނާއި ޚަޠީބުންނަށް، އޮސްޓްރޭލިއަން ނޭވީ އިމާމު ޚާއްޞަ ސެޝަނެއް ކުރިއަށް ގެންގޮސްފި

އިމާމުންނާއި ޚަޠީބުންނަށް، އޮސްޓްރޭލިއަން ނޭވީ އިމާމު ޚާއްޞަ ސެޝަނެއް ކުރިއަށް ގެންގޮސްފި

މި ސެޝަންގެ ތެރެއިން/ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

16 ސެޕްޓެމްބަރު 2025، 03:27

16 ސެޕްޓެމްބަރު 2025، 03:27

ރާއްޖޭގެ އިމާމުންނާއި ޚަޠީބުންނަށް، ރޯޔަލް އޮސްޓްރޭލިއަން ނޭވީ ޗެޕްލައިން މޮގަމަތު މަޖްދީ ޢީސާގެ ޚާއްޞަ ސެޝަނެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ސެޝަނުގައި ގިނަ ޢަދަދެއްގެ އިމާމުން ބައިވެރިވެފައިވާކަން ފާހަގަކޮށްލެވޭ ކަމަށެވެ. ހަމަ އެހެންމެ، މިއީ އިމާމުން ތާޒާކޮށް އިމާމުންނަށް ތަމްރީންގެ އިތުރު ފުރުޞަތުތައް ހޯދައިދިނުމުގެ ގޮތުން އެ ވުޒާރާއިން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށް ގެންދެވުނު މުހިއްމު ސެޝަނެއްކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. އެގޮތުން، މި ސެޝަނުގައި މާލެ ސަރަޙައްދުގައި ތިބި އިމާމުންނާއި ޚަޠީބުންނަށް މުހިންމު މަޢުލޫމާތުތަކެއް ވަނީ ހިއްސާކުރައްވާފައެވެ.

އޮސްޓްރޭލިއަން ނޭވީ އިމާމު ޗެޕްލައިން މޮގަމަތު މަޖްދީ ޢީސާ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހުކުރު ދުވަހު ހުޅުމާލެ ރަޝީދު މިސްކިތުގައި ހުކުރު ނަމާދު ކުރައްވާފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ މަޢުލޫމާތު ދެއްވާފައެވެ. 

އިމާމު ޗެޕްލައިން މޮގަމަތު މަޖްދީ ޢީސާއަކީ، މަދީނާގެ އިސްލާމިކް ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯއިން މަތީ ތަޢުލީމް ޙާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން