ޚަބަރު
ހޮންޑޫރަސްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ޚާރިޖީ ވަޒީރު ތަހުނިޔާ ފޮނުއްވައިފި

ދިވެހިރާއްޖެއާއި ހޮންޑޫރަސްގެ ދިދަ/ފޮޓޯ: ޕޮންޑް5
ހޮންޑޫރަސްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ތަޙުނިޔާ ފޮނުއްވައިފިއެވެ.
ހޮންޑޫރަސްގެ ޚާރިޖީ ވަޒީރު ހެވިއާ އެފްރެއިން ބު ސޮޓޯ އަށް އެ ޤައުމުގެ މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅިގެން ވަޒީރު ފޮނުއްވި ޚާއްޞަ މެސެޖުގައި ވިދާޅުވީ، ދިވެހިރާއްޖޭގެ ސަރުކާރާއި ރައްޔިތުންގެ ނަމުގަ އާއި ވަޒީރުގެ އަމިއްލަ ނަމުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރަށާއި، ހޮންޑޫރަސްގެ ސަރުކާރަށާއި ރައްޔިތުންނަށް، ތަހުނިޔާ އާއި އިޚްލާޞްތެރި ހެޔޮ އެދުންތައް އަރިސްކުރައްވާ ކަމަށެވެ.
ހަމަ އެހެންމެ، ދިވެހިރާއްޖެ އާއި ހޮންޑޫރަސް އާއި ދެމެދު ޤާއިމުވެފައިވާ ދެމެހެއްޓެނިވި ގުޅުމާއި އެކުވެރިކަން، ކުރިއަށް އޮތް އަހަރުތަކުގައި ވެސް އިތުރަށް ހަރުދަނާވެ، ދެ ޤައުމުގެ މަސްލަހަތަށް ފައިދާހުރި ގޮތެއްގައި ކުރިއަރައިގެން ދިއުމަށް އުންމީދުކުރައްވާކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ވަޒީރުގެ މެސެޖު ނިންމަވާލައްވާފައިވަނީ، ހޮންޑޫރަސްގެ ޚާރިޖީ ވަޒީރަށް ކުރައްވާ މަތިވެރި ޤަދަރު އާކުރައްވާ، އެކަން ޔަޤީންކޮށް އެރުވުމަށްފަހުއެވެ.