Ads by Stelco

ޚަބަރު

ކ. ތުލުސްދޫ ހޮސްޕިޓަލްގެ ޢަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފި

ކ. ތުލުސްދޫ ހޮސްޕިޓަލްގެ ޢަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފި

ތުލުސްދޫ ހޮސްޕިޓަލްގެ ފެންސު ޖެހުން/ފޮޓޯ: އެމްޓީސީސީ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

16 ސެޕްޓެމްބަރު 2025، 01:09

16 ސެޕްޓެމްބަރު 2025، 01:09

ކ. ތުލުސްދޫ ހޮސްޕިޓަލް އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓިސީސީން ފަށައިފިއެވެ.

އެމްޓީސީސީން ވިދާޅުވީ، ހޮސްޕިޓަލް އެޅުމުގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި އިމަރާރް އެޅުމަށް ބޭނުންވާ ވަނީ ބިން މިހރު ސާފުކޮށް ނިންމާފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ އެ ސަރަޙައްދުގައި ފެންސު ޖަހައި ސައިޓު ސެޓަޕް ހެދުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން ވަނީ ވިދާޅުވެފައެވެ.

މި މަޝްރޫޢުގެ ދަށުން 30 އެނދުގެ ހޮސްޕިޓަލެއް އިމާރާތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި، 1،729.12 އަކަފޫޓުގެ ހެލްތް ސެންޓަރުގެ ބްލޮކަކާއި، 238.11 އަކަފޫޓުގެ ސާވިސް ބްލޮކަކާއި، 167.63 އަކަފޫޓުގެ އެކަމޮޑޭޝަން ބްލޮކެއް ވެސް ހިމެނޭނެކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ. ހަމަ މިއާއެކު، ހެލްތް ސެންޓަރުގެ ބްލޮކުގައި ޑޮކްޓަރަށް ދައްކާ ކޮޓަރިއާއި، މެޑިކަލް ވޯޑުތަކާއި، ޕްރައިވެޓް ރޫމްތަކާއި، ލެބޯޓްރީއަކާއި، އޮޕަރޭޝަން ތިއޭޓަރަކާއި، ވިއްސާ ކޮޓަރިއަކާއި، އެކްސްރޭ ކޮޓަރިއަކާއި، އަލްޓްރާ ސައުންޑް ކޮޓަރިއަކާއި، އިމްޖެންސީ ޚިދުމަތްދޭ ޔުނިޓަކާއި، ޕަބްލިކް ހެލްތު ޔުނިޓެއް ވެސް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރުޢޫ ޞިއްޙީ ވުޒާރާއިން އެމްޓީސީސީ އާއި ހަވާލުކޮށްފައި ވަނީ 101.71 މިލިއަން ރުފިޔާއަށެވެ. އެ މަޝްރޫޢުގެ މަސައްކަތް ނިމުމާއިއެކު، ތުލުސްދޫ ރައްޔިތުންނަށް ރަށުގައި ތިބެގެން ފަސޭހަކަމާއެކު ޞިއްޙީ ފަރުވާ ލިބޭނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން