Ads by Stelco

ޚަބަރު

ގެދޮރުވެރިޔާ ފްލެޓް: ސޮއިކުރެވުނު އެއްބަސްވުންތަކުގެ ޢަދަދު 3،100 އިން މައްޗަށް

ގެދޮރުވެރިޔާ ފްލެޓް: ސޮއިކުރެވުނު އެއްބަސްވުންތަކުގެ ޢަދަދު 3،100 އިން މައްޗަށް

ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިމާރާޓް ކޮށްފައިވާ ފްލެޓްތަކެއް/ފޮޓޯ: އެފްޑީސީ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

13 ސެޕްޓެމްބަރު 2025، 05:33

13 ސެޕްޓެމްބަރު 2025، 05:33

ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓުގެ ތެރެއިން 3،100 އަށް ވުރެ ގިނަ ފްލެޓް އެއްބަސްވުންތަކުގައި މިހާތަނަށް ސޮއިކޮށްފައިވާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހާމަކޮށްފިއެވެ.

އެފްޑީސީއިން ވިދާޅުވީ، ފްލެޓް ލިބުނު މީހުންނާއެކު އެއްބަސްވުންތަކުގައި ސޮއިކުރުމަށް ކުރަން ޖެހޭ އެންމެހާ މުޢާމަލާތްތައް ކުރިއަށް ގެންދާނީ އެ ކޯޕަރޭޝަނުން ކަމަށެވެ.  އެގޮތުން، މިހާރުވެސް އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށާއި، ދުވާލެއްގެ މައްޗަށް އެއްބަސްވުންތަކުގައި ސޮއިކުރެވޭ މިންވަރު އިތުރު ކުރުމަކީ އެ ކޯޕަރޭޝަނުގެ އަމާޒެއް ކަމަށް އެފްޑީސީންއިން ވަނީ ވިދާޅުވެފައެވެ.

އެ ކޯޕަރޭޝަނުން ވިދާޅުވީ، މިއީ އިޖްތިމާޢީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެ ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހާސިލުކުރެވުނު މުހިންމު އެއް ލަނޑުދަނޑި ކަމުގައެވެ. އެގޮތުން، އެފްޑީސީން ޢާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި، މިހާތަނަށް ތާވަލު ކުރެވުނު އެއްބަސްވުންތަކުގެ ޢަދަދަކީ 3131 އެވެ. އޭގެ ތެރެއިން، މިހާތަނަށް ސޮއިކުރެވުނު އެއްބަސްވުންތަކުގެ ޢަދަދު 3119 އަށް އަރާކަމަށް އެ ކޯޕަރޭޝަނުން މަޢުލޫމާތުދެއެވެ. 

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ ފަރާތްތަކުން އެއްބަސްވުމުގައި ސޮއިކުރުމަށް ހާޒިރުވާއިރު ބޭނުންވާ ލިޔެކިޔުންތަކަށް ސަމާލުވުމަށް އެފްޑީސީން ތަކުރާރުކޮށް އިލްތިމާސް ކުރައްވާފައިވެއެވެ. ހަމައެއާއެކު، އެއްބަސްވުން އެކުލަވާލާ ފަރާތްތަކުގެ އެޑްރެސް ނުވަތަ ނަމްބަރު ބަދަލުވެފައިވާނަމަ، އެކަން ދުރާލާ އެފްޑީސީއަށް އީމެއިލްގެ ޒަރިއްޔާއިން އެންގުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ. މީގެއިތުރުން، އެގްރީމަންޓު ހަދާ ފަރާތަށް ހާޒިރުނުވެވޭ ޙާލަތްތަކުގައި ޕަވަރ އޮފް އެޓަރނީ އެހެން ފަރާތަކަށް ޙަވާލުކުރަންޖެހޭނެކަމަށާއި، އެއީ ނޮޓޮރައިޒްޑް ޕަވަރ އޮފް އެޓަރނީއެއްކަން ކަށަވަރުކުރުމަށް އެފްޑީސީން އިލްތިމާސްކުރައްވައެވެ. 

މިހާރު  އެއްބަސްވުން އެކުލަވާލަމުންދާ މި ޓަވަރުތަކުގައި ހިމެނެނީ 3 ކޮޓަރީގެ 2،800 އެޕާޓްމެންޓާއި 2 ކޮޓަރީގެ 1،200 އެޕާޓްމެންޓެވެ. 2 ކޮޓަރީގެ އެޕާޓްމަންޓްތަކަކީ 650 އަކަފޫޓްގެ ޔުނިޓްތަކެވެ. 3 ކޮޓަރީގެ އެޕާޓްމަންޓްތަކަކީ 900 އަކަފޫޓުގެ އެޕާޓްމަންޓްތަކެވެ. ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭ ހުރިހާ މީހުންނާއެކު އެގްރިމަންޓްގެ މަސައްކަތް ނިންމާ މިމަހުގެ ނިޔަލަށް، ފްލެޓް ހަވާލުކުރުމަށް އެފްޑީސީން އަމާޒު ހިފާފައިވާއިރު، ސޮއިކޮށް ޑިޕޮސިޓް ރުފިޔާ ދައްކާފައިވާ ފަރާތްތަކަށް ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން